ހުޅުމާލެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދާ ޝަރީޢަތް އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފި

ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ހިންގަމުން ގެންދާ ޝަރީޢަތުގެ ޤަޟިއްޔާ ބެއްލެވުމަށް، ދިވެހިރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ފަނޑިޔާރުންގެ ބެންޗް އެކުލަވާލާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ކޯޓުތަކާ ބެހޭ ޤާނޫނާއި، ފަނޑިޔާރުންނާ ބެހޭ ޤާނޫނާއި، ޖުޑީޝަލް ސަރވިސަސް ކޮމިޝަންގެ ޤާނޫނާއި، މިނިވަން ދިމިޤްރާޠީ މުޖްތަމަޢުތަކުގައި ޢަމަލު ކުރަމުން އަންނަ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށްވާތީ، އެބެންޗަކީ ޞައްޙަ ބެންޗެއް ނޫންކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދި ރައީސް މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ޝަރީޢަތް އަވަހަށް ނިންމަވައިދެއްވުމަށް ހައިކޯޓުގައި އެދިވަޑައިގެންފިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލިފައިވާ ޖިނާޢީ ދަޢުވާއަށް ވަކި ގޮތެއް ނުނިމި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެމައްސަލަ އޮންނަން އެދިވަޑައިނުގަންނަވާތީއާއި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ބެންޗާ ގުޅޭ ގޮތުން ހައިކޯޓުން ބައްލަވަމުން ގެންދަވާ މައްސަލައަށްވެސް ވަކި ގޮތެއް ނުނިމި ދިގުލައިގެންދާތީ، ވެވަޑައިގެން އެންމެ އަވަސް ފުރުޞަތެއްގައި ހައިކޯޓުން އެމައްސަލައިގެ އަޑުއެހުންތައް ބާއްވަވައި ދެއްވައި، ފައިސަލާކުރަނިވި ޙުކުމެއް ކޮށްދެއްވުމަށް އެ ސިޓީގައި އެދިވަޑައިގެންނެވިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަޠީފް ސޮއި ކުރައްވައި ހައިކޯޓަށް ސިޓީ ފޮނުވާފައިވަނީ މިއަދު (27 އޭޕްރިލް 2014) އެވެ.

What do you think?

Name (required) :

Email (required) :

Website :