ސައުތު ކޮރެއާގެ ރައީސާ އާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި

އިންޓަރނޭޝަނަލް ޑެމޮކްރަޓް ޔޫނިއަންގެ 12 ވަނަ ޕާޓީ ލީޑަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ސައުތު ކޮރެއާގެ ސޯލްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސައުތު ކޮރެއާގެ ރައީސާ ހަރ އެކްސެލެންސީ މެޑަމް ޕަކް ގްން ހެ އާއި ބައްދަލުކުރައްވައިފިއެވެ. ރައީސް ނަޝީދުގެ މި ބައްދަލުކުރެއްވުން އޮތީ ސައުތުކޮރެއާގެ ރައީސް އޮފީހުގައި ބޭއްވެވި ޚާއްސަ ފަރިއްކޮޅަށްފަހުގައެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އައިޑީޔޫގެ ޕާޓީ ލީޑަރުންގެ ބައްދަލުވުމަށް ސައުތު ކޮރެއާގެ ވެރިކަން ކުރާ ސައެނުރި ޕާޓާގެ ދައުވަތު ޤަބޫލުކުރައްވައި ވަޑައިގެންނެވީތީ ރައީސް ނަޝީދަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެމަނިކުފާނު ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރައްވައި ރައީސާ މެޑަމް ޕަކް ގްން ހެ އެކަމަށް މަރުހަބާ ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :