ރައީސް ސިރިސެނާގެ އަރިހަށް ރައީސް ނަޝީދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި އިންތިޚާބުވެވަޑައިގެންނެވި ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނަގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ރައީސް މުޙައްމަދު ނަޝީދު ކުރައްވައިފިއެވެ. ލަންކާގެ ރައީސް ސިރިސޭނައައާ ރައީސް ނަޝީދު ބައްދަލުކޮށްލެއްވީ މިއަދު ހެނދުނު ސްރީލަންކާގެ ރައީސް އޮފީހުގައެވެ.

ލަންކާގެ އިންތިޚާބު އަމާންކަމާ އެކު ބޭއްވި ސުލްޙަވެރިގޮތުގައި ސަރުކާރުގެ ހިންގުން ބަދަލުވެގެން ދިޔަކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ލަންކާގެ އާސަރުކާރަށް މަރުހަބާ ވިދާޅުވިއެވެ. ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާމެދުވެސް މަޝްވަރާކުރެވުނެވެ.

ރައީސް ސިރިސޭނަގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި އެމްޑީޕީގެ ޗެއަރޕަރސް އަލްފާޟިލް އަލީ ވަހީދާއި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދާއި، އެމްޑީޕީ ސަރުކާރުގެ ޚާރިޖީ ވަޒީރު އަލްފާޟިލް އަހްމަދު ނަސީމާއި ހެލްތް މިނިސްޓަރ އަލްފާޟިލާ އާމިނަތު ޖަމީލް ބައިވެރިވެވަޑައިގެންނެވިއެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި ރައީސް މުޙައްމަދު ނަޝީދު މިއަދު ހަވީރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

What do you think?

Name (required) :

Email (required) :

Website :