ކުރީގެ ފަރސްޓް ލޭޑީ ލައިލާ ޢަލީ އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް ޖޯން ކެރީއާއި ބައްދަލުކުރައްވައިފި

Clooney Nasheed-2

ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން އަލްފާޟިލާ ލައިލާ ޢަލީ އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް ޖޯން ކެރީއާއި ބުރާސްފަތި ދުވަހު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެވުމުގައި ރައީސް މުޙައްމަދު ނަޝީދު ބޭއިންސާފުން ޝަރީޢަތް ހިންގައި 13 އަހަރުގެ މުއްދަތަށް ޖަލަށްލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި އެމަނިކުފާނު މިނިވަން ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިއްސާ ކުރެއްވިއެވެ. ޖޯން ކެރީ މިއަންނަ ހަފްތާގެ ތެރޭގައި ސްރީލަންކާއަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށާއި އެދަތުރުފުޅުދައި ދިވެހިރާއްޖެއާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމުގައި ރައީސް ނަޝީދުގެ ވަކީލް ޖެރެޑް ގެންސް ވިދާޅުވިއެވެ.

ސެކްޓަރީ ކެރީގެ އިތުރުން ބުރާސްފަތި ދުވަހު ސެނެޓް ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއަރމަން ސެނެޓާރ ރޮބަރޓް ކޯކަރއާއި ސެނެޓްގެ މައިނޯރިޓީ ލީޑަރ ނެންސީ ޕެލޯސީއާ ލައިލާ ބައްދަލުކުރެއްވިއެވެ. އަދި ރައީސް ނަޝީދު މިނިވަން ކުރެއްވުމަށް އެމެރިކާގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ. ލައިލާ އަރިހުގައި ރައީސް ނަޝީދުގެ ވަކީލުން ޖެރެޑް ގެންސަރ އަދި އަމާލް ކްލޫނީ ބައިވެރިވެވަޑައިގެންނެވިއެވެ.

What do you think?

Name (required) :

Email (required) :

Website :