މަލްޓާގެ ބޮޑުވަޒީރާ ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި

cwlnadpvuaa7z-s

މަލްޓާގެ ބޮޑުވަޒީރު ޖޯސެފް މަސްކަޓް އާއި ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މަލްޓާއަކީ މިދައުރުގައި ކޮމަންވެލްތުގެ ޗެއަރ ކަމުގައިވާތީ، ދިވެހި ސަރުކާރުން ކޮމަލްވެލްތުން ވަކިވުމަށް ނިންމެވުމުން އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި މަޝްވަރާ ކުރެއްވިއެވެ. ދިވެހި ރާއްޖޭގައި ހީނަރުވަމުން އަންނަ ސިޔާސީ ޙާލަތާ ގުޅޭ ގޮތުންނާއި ދިވެހިރާއްޖެ އިސްލާޙްގެ މަގަށް ގެންދެވި ޑިމޮކްރަސީ އަލުން އަބުރާ ގެނައުމާމެދުވެސް މަޝްވަރާކުރެވުނެވެ.

މަލްޓާގެ ބޮޑުވަޒީރުގެ އޮފީހުގައި މިއަދު ބޭއްވި މިބައްދަލުވުމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޕާލިމަންޓަރީ ގްރޫޕް ލީޑަރ އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަތެެވެ.

What do you think?

Name (required) :

Email (required) :

Website :