އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާއި ރައީސް މުޙައްމަދު ނަޝީދު ބައްދަލުކުރައްވައިފި

IMG_5319

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ޒައިދު ރައާދު އަލް ޙުސައިންއާއި ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ޖެނީވާގައި އޮތް މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ހީނަރުވަމުން އަންނަ ސިޔާސީ މަޝްރަޙާ ގުޅޭ ގޮތުން ރައީސް މުޙައްމަދު ނަޝީދު އެމަނިކުފާނަށް މަޢުލޫމާތު އެރުއްވިއެވެ.

ދިވެހިރާއްޖޭގައި ހިނގަމުން އަންނަ ކަންކަން ގާތުން ބައްލަވާ ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އަދި ހުރިހާ ފަރާތްތަކަށް ޖާގަ ދެވޭނެ އިންތިޚާބަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ހައިކޮމިޝަނަރ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި މިހާރު މިހިނގާ ކަންކަމާ މެދު އިންތިހާއަށް ކަންބޮޑުވެވެޑައިގަންނަވާ ކަމުގައާއި ސިޔާސީ ކަންކަމާ ގުޅިގެން ހައްޔަރުކުރެވި ޖަލަށްލާފައިވާ ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :