ތިމާވެއްޓާއި، އިންސާނީ ޙައްޤުތަކާއި ދިވެހިރާއްޖޭގެ ސިޔާސީ ޙާލަތާ ގުޅޭ ގޮތުން އެމެރިކާގެ ޔުނިވަރސިޓީ އޮފް މިޝިގަންގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ

އެމެރިކާގެ ޔުނިވާރސިޓީ އޮފް މިޝިގަންގެ ޑޯނިއާ ހިއުމަން ރައިޓްސް ސެންޓާގެ ފަރާތުން އިންތިޒާމް ކުރައްވާ ޙާއްސަ ޙަފްލާއެއްގައި ރައީސް މުޙައްމަދު ނަޝީދު ހޯމަ ދުވަހު ވާހަކަފުޅު ދައްކަވާނެއެެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި އެކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާ އަސަރުތަކާއި އެކަންކަމާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިއަށް ގެންދެވި ބައެއް ކަންކަމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓަރީ ފިލްމް ސްކްރީންކުރުމާއެކު މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބާއްވާ ޙާއްސަ ޕެނަލް ޑިސްކަޝަންގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން މި ޕެނެލްގައި އެމަނިކުފާނުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލު ޖެރެޑް ގެންސަރއާއި، ޔުނިވަރސިޓީ އޮފް މިޝިގަންގެ ނެޗުރަލް ރިސޯސަސް އެންޑް އެންވައިރަމަންޓްގެ އެސޯސިއޭޓް ޕްރޮފެސަރ ރެބެކާ ހާޑިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ސިޔާސީ ކަންކަމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ޖަޒީރާ ޤައުމުތައް ތަރައްޤީކުރުމުގައި އިސްކަންދޭންވީ ކަންކަމުގެ މައްޗަަށް އަލިއަޅުވައިލައްވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :