ތިމާވެއްޓާއި، އިންސާނީ ޙައްޤުތަކާއި ދިވެހިރާއްޖޭގެ ސިޔާސީ ޙާލަތާ ގުޅޭ ގޮތުން އެމެރިކާގެ ޔުނިވަރސިޓީ އޮފް މިޝިގަންގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ

އެމެރިކާގެ ޔުނިވާރސިޓީ އޮފް މިޝިގަންގެ ޑޯނިއާ ހިއުމަން ރައިޓްސް ސެންޓާގެ ފަރާތުން އިންތިޒާމް ކުރައްވާ ޙާއްސަ ޙަފްލާއެއްގައި ރައީސް މުޙައްމަދު ނަޝީދު ހޯމަ ދުވަހު ވާހަކަފުޅު ދައްކަވާނެއެެވެ. މޫސުމަށް އަންނަ ބަދަލުތަކާއި އެކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާ އަސަރުތަކާއި އެކަންކަމާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިއަށް ގެންދެވި ބައެއް ކަންކަމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓަރީ ފިލްމް ސްކްރީންކުރުމާއެކު... އިތުރަށް ވިދާޅުވޭ
IMG_5319

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާއި ރައީސް މުޙައްމަދު ނަޝީދު ބައްދަލުކުރައްވައިފި

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ޒައިދު ރައާދު އަލް ޙުސައިންއާއި ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ޖެނީވާގައި އޮތް މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ހީނަރުވަމުން އަންނަ ސިޔާސީ މަޝްރަޙާ ގުޅޭ ގޮތުން ރައީސް މުޙައްމަދު ނަޝީދު އެމަނިކުފާނަށް މަޢުލޫމާތު އެރުއްވިއެވެ. ދިވެހިރާއްޖޭގައި ހިނގަމުން އަންނަ ކަންކަން ގާތުން ބައްލަވާ ކަމަށާއި، ކުރިއަށް އޮތް ރިޔާސީ... އިތުރަށް ވިދާޅުވޭ

ޖެނީވާ ސަމިޓް ފޯ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު ޖެނީވާއަށް ވަޑައިގަންނަވައިފި

ޖެނީވާގައި މިހާރު ކުރިއަށްދާ 9 ވަނަ ޖެނީވާ ސަމިޓް ފޯ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީގައި ބައިވެރިވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު ޖެނިވާއަށް އާދީއްތަ ދުވަހު ވަޑައިގަންނަވައިފިއެވެ. ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު އިންސާނީ ޙައްޤުތަކާ ގުޅޭ މި ސަމިޓުގައި އެކިއެކި ޤައުމުތަކުގެ ސިޔާސީ ކުށްވެރިންނާއި އިންސާނީ ޙައްޤުތަކަށް މަސަައްކަތްކުރައްވާ މުހިއްމު ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއަހަރުގެ ސަމިޓުގައި ރައީސް މުޙައްމަދު ނަޝީދުގެ... އިތުރަށް ވިދާޅުވޭ

އިނގިރޭސިވިލާތުގެ ކުއީން މޭރީ ޔުނިވާރސިޓީ އޮފް ލަންޑަންގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ

ދުނިޔާގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުޙައްމަދު ނަޝީދު ފެބްރުވަރީ 15 ވަނަ ދުވަހު ތަޤްރީރުކުރައްވާނެއެވެ. ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މޫސުމަށް އަންން ބަދަލުތަކާ ގުޅޭ ހާއްސަ ކޮންފަރެންސްގެ ޝަރަފްވެރި މެހެމާނެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާ ދުނިޔޭގެ މޫސުމަށް އަންނަމުންދާ... އިތުރަށް ވިދާޅުވޭ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޙައްސަ ޕެނެލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސް އަލް ގޯ އާއެކު ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭ ހާއްސަ ޕެނެލެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު އެމެރިކާއަށް މިއަދު ވަޑައިގަންނަވައިފިއެވެ. ރައީސް ނަޝީދުގެ އިތުރު މި ޕެނެލްގައި ބައިވެރިވެވަޑައިގަންނަވަނީ އެމެރިކާގެ ކުރީގެ ނަައިބު ރައީސް އަލް ގޯ އާއި މަޝްހޫރު ފިލެންތްރޮޕިސްޓެއްކަމުގައިވާ ޖެފް ސްކޮލް އާއި ފިލްމް ޕްރޮޑިއުސަރ ހެދަރ ރައި އާއި... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރުމަށް އެދި ފޮނުވާފަައިވާ މައްސަލައަކީ ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް ދައުލަތުން ކުރައްވާ ކަމެއް

2010 ވަނަ އަހަރު ދިވެހިރާްއްޖޭގެ ދިފާޢީ ބާރުގެ ބެއްލެވުމުގެ ދަށުން މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި އަބްދުﷲ ޔާމީން ކ. އާރަށުގައި ބެހެއްޓިކަމަށް ބުނާ މައްސަލައިގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޕްރޮސެކިިއުޓަރ ޖެނެރެލްގެ އޮފީހަށް މިހާރު ފޮނުއްވާފައިވާ މައްސަލައަކީ ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް ދައުލަތުން ކުރައްވަމުން ގެންދަވާ... އިތުރަށް ވިދާޅުވޭ

ރައިޒިން ޕީސް ފޯރަމްގައި ރައީސް މުޙައްމަދު ނަޝީދު ތަޤްރީރު ކުރައްވާނެ

އިނގިރޭސިވިލާތުގެ ކޮވެންޓްރީ ކައުންސިލާއި ކޮވެންޓްރީ ޔުނިވަރސިޓީ ގުޅިގެން ބާއްވާ ‘ރައިޒިން ޕީސް ފޯރަމް’ ނިންމާލުމުގެ ހާއްސަ ޙަފްލާގައި ރައީސް މުޙައްމަދު ނަޝީދު ނޮވެމްބަރ 15 ވަނަ ދުވަހު ވާހަކަފުޅު ދައްކަވާނެއެވެ. މަޝްވަރާއާއި ޞުލްޙަވެރި އުސޫލް ބޭނުންކުރުމަށް ބާރުއަޅައި ދުނިޔޭގައި ހިނގަމުން އަންނަ ބޮޑެތި ހަމަނުޖެހުން ޙައްލުކުރުމާ މެދު ދުނިޔޭގެ ލީޑަރުންނާއި ފަންނީ ޢިލްމުވެރިން ހިމެނޭ ގޮތަށް ބާއްވާ ޕީސް ފޯރަމް އޮންނާނީ... އިތުރަށް ވިދާޅުވޭ

ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއާ ގުޅޭ ގޮތުން ވިލްޓަން ޕާކް ކޮންފަރެންސްގައި ރައީސް މުޙައްމަދު ނަޝީދު ތަޤްރީރުކުރައްވާނެ

ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއާ ގުޅޭ ގޮތުން ބާއްވާ ޙާއްސަ ކޮންފަރެންސެއްގައި ނޮވެމްބަރ 7 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދު ތަޤްރީރު ކުރައްވާނެއެވެ. އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހާއި، ސެންޓަރ ފޯ އެންވައިރަމެންޓް، ފިޝަރީޒް އެންޑް އެކުއަރކަލްޗަ ސައިންސާއި، ތަރައްެޤީވަމުން އަންނަ ޤާއުމުތަކާއި ޖަޒީރާ ޤައުމުތަކުގެ އދ. ގެ ހާއްސަ މަންދޫބުގެ އޮފީހާ ގުޅިގެން ބާއްވާ ވިލްޓަން ޕާކް ކޮންފަރެންސް... އިތުރަށް ވިދާޅުވޭ
cwlnadpvuaa7z-s

މަލްޓާގެ ބޮޑުވަޒީރާ ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި

މަލްޓާގެ ބޮޑުވަޒީރު ޖޯސެފް މަސްކަޓް އާއި ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މަލްޓާއަކީ މިދައުރުގައި ކޮމަންވެލްތުގެ ޗެއަރ ކަމުގައިވާތީ، ދިވެހި ސަރުކާރުން ކޮމަލްވެލްތުން ވަކިވުމަށް ނިންމެވުމުން އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި މަޝްވަރާ ކުރެއްވިއެވެ. ދިވެހި ރާއްޖޭގައި ހީނަރުވަމުން އަންނަ ސިޔާސީ ޙާލަތާ ގުޅޭ ގޮތުންނާއި ދިވެހިރާއްޖެ އިސްލާޙްގެ މަގަށް ގެންދެވި ޑިމޮކްރަސީ އަލުން އަބުރާ ގެނައުމާމެދުވެސް މަޝްވަރާކުރެވުނެވެ.... އިތުރަށް ވިދާޅުވޭ

ޕީ ޕީ އެމް ޝަރީއަތުގައި ރައީސް މައުމޫންގެ އެންމެހައި އިސްތިއުނާފްގެ ފުރުސަތުނިގުޅައިގަތުން ކުށްވެރިކޮށް، ރައީސް ޔާމީންގެ ނޭއްގާނީ އަމަލުތަކުގެ ޝިކާރައަށް އިތުރު ބަޔަކު ވުމުގެ ފުރުސަތު ނުދީ، އެންމެހައި ސިޔާސީ ޕާޓީތަކާއި ރައްޔިތުން އެކުގައި މަސައްކަތް ކުރުމަށް ގޮވާލުން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ހިންގުން އެޕާޓީގެ މުޝްތަޝާރާ ޙަވާލުކުރުމަށް ސިވިލްކޯޓުގެ ނަންބަރު 1586/Cv-C/2016 ޤަޟިއްޔާއިން ވަނީ ކަނޑައަޅާފައެވެ. ސިވިލް ކޯޓުގެ އެނިންމުން އެޕާޓީން އިސްތިއުނާފު ކުރުމަށާއި އަދި އެމައްސަލައަކީ އެޕާޓީގެ ރައީސްގެ މަސްލަޙަތު އޮތް މައްސަލައެއް ކަމަށް ވުމުން އެޕާޓީގެ ރައީސް ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އެމައްސަލަ އިސްތިއުނާފް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް،  ސިވިލް... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދުގެ ކިބައިން ނިގުޅައިގެންފައިވާ ސިޔާސީ އަދި މަދަނީ ޙައްޤުތައް އަނބުރާ ހޯދުމަށް އދ. ގެ އިންސާނީ ޙައްޤުތަކާ ގުޅޭ ކޮމިޓީއަށް ހުށަހަޅައިފި

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޤާނޫނު ނަންބަރު 1990/10 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ދަޢުވާކޮށް ޝަރީޢަތް ހިންގުމުގެ އެންމެހައި އިޖުރާޢަތްތަކާ ޚިިލާފަށް އެންމެ 19 ދުވަހުގެ ތެރޭގައި އެމައްސަލައިގެ ޝަރީޢަތް ނިންމައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 13 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ޙުކުުމް ކުރުމާ ގުޅިގެން އެމަނިކުފާނުގެ... އިތުރަށް ވިދާޅުވޭ

އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒަރވެޓިވް ޕާޓީ ކޮންފަރެންސްގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ

  އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒާރވެޓިވް ޕާޓީގެ އަހަރީ ކޮންފަރެންސްގައި އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުން ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. ކޮންޒަރވެޓިވް ޕާޓީގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން އިންތިޒާމް ކުރާ މި ޙަފްލާގެ މައުޟޫއަކީ އެވެ. މި ޙަފްލާގައި ރަައީސް މުޙައްމަދު ނަޝީދުގެ އިތުރުން ކެނެޑާގެ މަޝްހޫރު... އިތުރަށް ވިދާޅުވޭ