ރައީސް މުޙައްމަދު ނަޝީދު ގޭބަންދަށް ބަދަލުކުރި ލިޔުމާ ގުޅޭ މައްސަލައިގެ ތަޙްޤީޤް ނުނިންމާތީ ކަންބޮޑުވުން ފާޅުކުރުން

ރައީސް މުޙައްމަދު ނަޝީދު ދާއިމީކޮށް ގޭ ބަންދަށް ބަދަލުކުރުމަށް ނިންމައި ސަރުކާރުން ހަވާލުކުރި ލިޔުމާ ގުޅޭ ގޮތުން ފުލުހުންގެ ތަހްޤީޤަށް އެނގެން ޖެހޭ ހުރިހާ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރެވިފައިވީނަމަވެސް އެކަން އިތުރަށް ތަޙްޤީޤްކުރުމަށް ކަމަށް ބުނެ އިތުރު ބޭފުޅުންގެ ފަރާތުން ބަޔާން ނަގައި އެ މައްސަލަ އެއްވެސް އަސާސެއް ނެތި ދިގު ދެމިގެންދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމެވެ. 13 މާޗް... އިތުރަށް ވިދާޅުވޭ

އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމާ ގުޅޭ ގޮތުން ޔުނިވަރސިޓީ އޮފް އެސެކްސްގައި ރައީސް މުޙައްމަދު ނަޝީދު ތަގްރީރުކުރައްވައިފި

އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ‘ހިއުމަން ރައިޓްސް އިން އޭޝިޔާ ކޮންފަރެންސް 2016″ ޝަރަފްވެރިކޮށްދެއްވައި އެ ޔުނިވަރސިޓީގައި މިއަދު ރައީސް މުޙައްމަދު ނަޝީދު ތަގުރީރުކުރައްވައިފިއެވެ. ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވީ އިންސާނީ ޙައްޤުތައް ހިމަޔާތް ކުރެއްވުމުގައި މަސައްކަތްކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ހަނދާންތަކާ އަދި މިހާރުވެސް ކުރައްވާ ކަންކަމާ ގުޅޭ ގޮތުންނެވެ. ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު އިނގިރޭސިވިލާތުގެ ހޮސްޕިޓަލްގައި މެޑިކަލް ޕްރޮސީޖަރއެއް މިއަދު ހައްދަވާނެ

ބޭއިންސާފުން ޝަރީޢަތްކޮށް، ޙުކުމް ތަންފީޛުކުރައްވަމުން ގެންދަވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް 18 ޖަނަވަރީ 2016 ވަނަ ދުވަހު ސަރުކާރުން ހުއްދަ ދެއްވުމާ ގުޅިގެން، އިނގިރޭސިވިލާތަށް ވަޑަގަތް، އިނގިރޭސިވިލާތުގެ ޑޮކްޓަރުންގެ ލަފާގެ ދަށުން އެމަނިކުފާނު ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. މިގޮތުން، ރައީސް މުޙައްމަދު ނަޝީދު ހޯއްދަވަމުން ގެންދަވާ ފަރުވާގެ ތެރެއިން ހޭނައްތައިގެން ހައްދަވަން ޖެހިވަޑަގަންނަވާ މެޑިކަލް ޕްރޮސީޖަރއެއް... އިތުރަށް ވިދާޅުވޭ

ޑިމޮކްރަސީއާއި ހެޔޮވެރިކަން ޤާއިމުކުރުމުގައި ނޫސްވެރިންގެ ދައުރާ ގުޅޭ ގޮތުން ކޮމަންވެލްތު ޖާރނަލިސްޓްސް އެސޯސިއޭޝަން ކޮންފަރެންސްގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ

ކޮމަންވެލްތު ޤައުމުތަކުގެ ނޫސްވެރިންގެ މައްޗަށް އެކުލެވޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ކޮމަންވެލްތު ޖާރނަލިސްޓްސް އެސޯސިއޭޝަން ކޮންފަރެންސްގެ ޚާއްސަ ޙަފްލާ ޝަރަފްވެރިކޮށްދެއްވުމުގެ ގޮތުން އަންގާރަދުވަހުގެރޭ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅުދައްކަވާނެއެވެ. މި ޙަފްލާގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނީ ޑިމޮކްރަސީ އާއީ ހެޔޮވެރިކަން ޤާއިމުކުރުމުގައި ނޫސްވެރިންގެ ދައުރާ ގުޅޭ ގޮތުންނާއި ކޮމަންވެލްތު ޤައުމުތަކުން ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުންނެވެ.... އިތުރަށް ވިދާޅުވޭ

ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޤާނޫނީ ވާހަކަތައް ބިނާކޮށްފައިވާ މައިގަނޑު ބައިތައް

ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޤާނޫނީ ވާހަކަތައް ބިނާކޮށްފައިވާ މައިގަނޑު ބައިތައް

ވަކިވަކި ފަރުދުންގެ ބޭސްފަރުވާއާ ގުޅޭ ގޮތުން އެފަރާތްތަކުންނާއި އެފަރާތްތަކުގެ ޑޮކްޓަރުން ސަރުކާރަށް ފޯރުކޮށްދޭ އެކިއެކި މަޢުލޫމާތާ ގުޅޭ ވާހަކަ އާންމުތަންތާނގައި ދެއްކުމާ ގުޅޭ ނޫސް ބަޔާން

ވަކިވަކި ފަރުދުން އެމީސްމީހުންގެ ބޭސްފަރުވާއާ ގުޅޭ މަޢުލޫމާތު ކަމާބެހޭ ފަރާތަށް ސަރުކާރުގެ އެންގެވުމަށް ފޯރުކޮށްދެމުން ގެންދެއެވެ. އަދި އެމީސް މީހުންގެ ޑޮކްޓަރުން މެދުވެރިކޮށްވެސް އެމައުލޫމާތު ސަރުކާރަށް ފޯރުކޮށްދެމުން ގެންދެއެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތަށް އެފަދަ މަޢުލޫމާތު ފޯރުކޮށްދެމުން ގެންދިޔަ ނަމަވެސް، ސަރުކާރުން އެ މަޢުލޫމާތު އާންމުކޮށް، ހާމަކޮށް ހެދުމަކީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. އެހެނީ، އެމަޢުލޫމާތަކީ އެ ފަރުދަކާ އެފަރުދެއްގެ ޑޮކްޓަރަކާ... އިތުރަށް ވިދާޅުވޭ

ނޫސްބަޔާން

2012 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ މުއައްޒަފަކަށް ލިބިފައިވާ ބާރަކުން ކުށްނުކުރާ މީހަކު ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިޔުޓަރ ޖެނެރަލް އުފުއްލެވިއެވެ. އަދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެމައްސަލައިގެ ޝަރީޢަތް ހިންގަމުން ދަނިކޮށް، އެދަޢުވާ އަނބުރާ ގެންދަވައި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޤާނޫނު ނަންބަރު 1990/10... އިތުރަށް ވިދާޅުވޭ

ނޫސް ބަޔާން

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ސައްޙަނޫން ކޯޓު ޢަމުރެއް ނެރުނު މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށާއި، ރައީސް މުޙައްމަދު ނަޝީދު ސަލާމަތީ ބާރުތަކުގެ އިސް އޮފިސަރަކަށް ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ކޯޓު ޢަމުރެއް ނެރެފައިވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފައިވާތީ ދަންނަވަމެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން... އިތުރަށް ވިދާޅުވޭ

އޮޕަރޭޝަން ކުރެއްވުމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ސްޕެޝަލިސްޓް ޑޮކްޓަރެއްގެ ލަފާ މިއަދު ރައީސް މުޙައްމަދު ނަޝީދު ހޯއްދަވައިފި

ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް ދިވެހި ސަރުކާރުން ހުއްދަ ދެއްވުމާއެކު 20 ޖަނަވަރީ 2016 ވަނަ ދުވަހު އިނގިރޭސިވިލާތަށް ވަޑައިގެން، ދިވެހިރާއްޖޭގައި އެމަނިކުފާނަށް ފަރުވާދެއްވާފައިވާ ޑޮކްޓަރުން ލަފާދެއްވާފައިވާ ގޮތުގެ މަތިން އޮޕަރޭޝަން ކުރެއްވުމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ސްޕެޝަލިސްޓް ޑޮކްޓަރެއްގެ ލަފާ މިއަދު ވަނީ ހޯއްދަވާފައެވެ. ފަރުވާއަށް ދުވަސް ނަގާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ރައީސް މުޙައްމަދު ނަޝީދަށް... އިތުރަށް ވިދާޅުވޭ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންއާ ރައީސް މުޙަންމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ

އިނގިރޭސި ބޮޑުވަޒީރު ރަސްމީ ގެކޮޅުކަމުގައިވާ 10 ޑައުނިންގ ސްޓްރީޓުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދާއެކު އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީއާއި، އެމަނިކުފާނުގެ ބައިނަލްއަޤްވާމީ ޤަނޫނީ ވަކީލުންގެ ޓީމުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އަމާލް ކްލޫނީއާއި، ޖެރަޑް ޖެންސަރއާއި، ބެން އެމަރސަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާގުޅޭގޮތުންނާއި، ޑެމޮކްރަސީގެ ރާސްތާގައި ރާއްޖެ މިހާރު ދެކެމުންދާ މަންޒަރުތަކާ ގުޅޭގޮތުން ރައީސް ނަޝީދުގެވަނީ ބޮޑުވަޒީރު... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވައިފި

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށް،ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން13 އަހަރު ދުވަހުގެ ޙުކުމެއްކޮށް، އެޙުކުމްޖަލުގައި ތަންފީޛުކުރެވެމުން ދަނިކޮށް އެމަނިކުފާނުގެ ސިއްޙީ ހާލު ގޯސްވުމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމުން، ޑޮކްޓަރުން ލަފާ ދެއްވާފައިވަނީ މައިބަދައިގެ ޚާއްޞަ އޮޕަރޭޝަނެއް ކުރުމަށެވެ. އަދި ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންނެވީ އެ މަނިކުފާނުގެ އާލާސްކަންފުޅާގުޅޭ ގޮތުން ބޭސްފަރުވާ ކުރެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށެވެ. ދިވެހި ސަރުކާރުން 18... އިތުރަށް ވިދާޅުވޭ

ކަރެކްޝަންސްއިން ބުނާ ވާހަކަ ރައީސް ނަޝީދުގެ ޢާއިލާއިން ދޮގުކުރުން

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް މިރޭ ފުރާވަޑައިގަތުން ލަސްވަނީ، އެކަމާ ގުޅޭ ލީގަލް ޑޮކިއުމެންޓްތަކުގައި ސޮއިކުރަން އެމަނިކުފާނުގެ އާއިލާ އިން ބޭނުން ނުވާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބަޔާންކުރި ކުރުމަކީ ކަނޑައެޅިގެން ކަރެކްޝަންސްއިން ހަދާފައިވާ ބުހުތާން ދޮގެކެވެ. އެއްވެސް ލީގަލް ޑޮކިއުމަންޓެއްގައި ސޮއި ކުރުމަށް ރައީސް ނަޝީދުގެ އާއިލާގެ ކިބައިގައި ކަރެކްޝަންސްއިންވެސް، އަދި ސަރުކާރުގެ... އިތުރަށް ވިދާޅުވޭ