ރައީސް މުޙައްމަދު ނަޝީދު މާޅޮސްމަޑުލު އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފި

މާޅޮސްމަޑުލު އުތުރުބުރީއަށް ކުރައްވާ ދަތުރުފުޅެއްގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް ނަޝީދު މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ރ.ރަސްގެތީމަށެވެ. ރަސްގެތީމަށްފަހު ރައީސް ނަޝީދު ވަޑައިގަންނަވާނީ ވާދޫއަށެވެ. ރަސްގެތީމާއި ވާދޫގައި ރައްޔިތުންނާ ބައްދަލު ކުރައްވާ އެމްޑީޕީގެ ކެމްޕެއިން ޓީމާ އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ. ވާދޫއަށްފަހު ދެން ރައީސް ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރ.އަލިފުށްޓަށެވެ. އަލިފުށީގައި “އެއްބުރުން” މިނަމުގައި ބާއްވާ ޖަލްސާގައި މިރޭ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި 28 ވަނަ ދުވަހު އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ. ރ.ހުޅުދުއްފާރަށެވެ. ހުޅުދުއްފާރުގައި އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ އެމްޑީޕީގެ ކެމްޕެއިން މަސައްކަތްކުރައްވާ ޓީމާ ބައްދަލުކުރައްވާނެއެވެ. ހުޅުދުއްފާރަށްފަހު ރއީސް ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އުނގޫފާރަށާއި މާކުރަތަށެވެ. އެއަށްފަހު ދެން ވަޑައިގަންނަވާނީ ރ.މަޑުއްވަރީއަށެވެ. އަދި މަޑުއްވަރީގައި އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި އަންގާރަ ދުވަހުގެރޭ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މަޑުއްވަރީގައި އެމްޑީޕީގެ ކެމްޕެއިން ޓީމާ ބައްދަލުކުރެއްވުމަށްފަހު 29 ވަނަ ދުވަހު ރައީސް ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރ.މީދޫ، އިންނަމާދޫ، ރަސްމާދޫ، އަދި އިނގުރައިދޫއަށެވެ. އިންނަމާދޫގައި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވައި އެމްޑީޕީގެ ހަރުގެވެސް ހުޅުއްވައިދެއްވާނެއެވެ. ރަސްމާދޫގައިވެސް އެމްޑީޕީގެ ދިދަ ނަންގަވައިދެއްވާނެއެވެ. އެމްޑީޕީގެ “އެއްބުރުން” ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިނގުރައިދޫގައެވެ.

ރައީސް ނަޝީދު ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު ދުވަހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ދުވާފަރަށާއި، ކިނޮޅަހަށާއި، ފައިނަށެވެ. އަދި ދަތުރު ނިންމަވާލެއްވުމަށްފަހު ބުރާސްފަތި މާލެ އެނބުރި ވަޑައިގަންނަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :