ހެޔޮލަފާ ދީނީ ނަސޭޙަތް ރައްޔިތުންނަށް ލިބެން ޖެހޭނީ އޭގެ ސާދާކަން މަތީގައިކަމަށާއި އިތުރު ކިލަނބު ކަމެއް އޭގައި ވެގެން ނުވާނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ހެޔޮލަފާ ދީނީ ނަސޭޙަތް ރައްޔިތުންނަށް ލިބެން ޖެހޭނީ އޭގެ ސާދާކަން މަތީގައި އިތުރު ކިލަނބު ކަމެއް އެހެންނޫން ގޮތަކަށް ހިމެނިގެންނުވާނެ ގޮތަށްކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ޝެއިޚް ހުސައިން ރަޝީދު އަހްމަދު ލިޔުއްވާފައިވާ “ޝަހީހުލް މުސްލިމް”ގެ ތަރުޖަމާއާ ޝަރަހައިގެ ދެވަނަ ބައި ނެރުއްވުމަށް ރޭ މާލޭ ސިޓީ ހޯލްގައި ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުންނެވެ.

ރޭގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދީނީ ޝައިޚުން ރައްޔިތުންނަށް ދެއްވާނީ ހެޔޮލަފާ ނަސޭޙަތްކަމަށް އުއްމީދުކުރައްވާކަމުގައެވެ. އަދި އެއީ އޭގެ ސާދާގޮތުގައި ރައްޔިތުންނަށް ނުހަނު ބޭނުން އެއްޗެއްކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. “ރާއްޖެއަށް މި އަންނަމުންދާ ބަދަލުތަކުގެ ތެރެއިން މި ހެޔޮލަފާ ނަސޭޙަތަކީ އޭގެ ސާދާ ކަންމަތީގައި މިއަދު އަޅުގަނޑުމެންނަށް ވަރަށް ބޭނުންތެރި ހެޔޮލަފާ ނަސޭހަތެއް” ރައީސް ނަޝީދު ވިދާޅުވިއެވެ. އެއީ ނަސޭޙަތުގެ މައްޗަށް ސިޔާސީ ވެރިންވެސް އަދި އެހެން ހުރިހާ ބޭފުޅުންވެސް ބުރަވާން ޖެހޭތީ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޢިލްމު ހޯދުމަށްޓަކައި މުސްލިމުން މަސައްކަތްކުރައްވަމުން އޭރުގައި ގެންދިޔައީ މުޅި ދުނިޔެ ސިހިގެން ދިޔަ މިންވަރަށް ކަމުގައެވެ. އަދި މުސްލިމުންގެ މަސައްކަތުން ހިސާބް ޢިލްމާއި ވަކިން ޚާއްސަކޮށް، އެނެޓޮމީ، ބަޔޮލޮޖީ، ކެމިސްޓްރީ އަދި އޭގެ އިތުރަށް ސައިކޮލޮޖީ އާއި އެހެންވެސް ޢިލްމު ބަޣްދާދުން މުޅި ދުނިޔެއަށް ފާޅުވެގެން ދިޔަކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި “މި ޢިލްމު ފެތުރިގެން ގޮސް އިރާދަކުރައްވައިގެން މިއަދު އަޅުގަނޑުމެން ދިވެހިންނާއި ހަމައަށް އޭގެ މި ދަންނަވާހެން 1000 އަހަރު ފަހުން ނަމަވެސް މި ފޯރީ. މިއަދު އަޅުގަނޑުމެންނަށް މި މަޢުލޫމާތު ލިބޭ އިރު މި ދިވެހިރާއްޖެއަށް މިއަށްވުރެ ވަކިން މުހިއްމު މަޢުލޫމާތެއް ނެތް” ރައީސް ނަޝީދު ވިދާޅުވިއެވެ.

ޝައިޚް ހުސެއިން ރަޝީދު ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރައްވަމުން މުސްތަޤްބަލުގައިވެސް މިފަދަ މަސައްކަތް ކުރެވޭނެ ގޮތްތައް އިންތިޒާމް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. “އަޅުގަނޑުމެންނަށް ވީ ހުރިހާ އެހީތެރިކަމެއް ޝައިޚް ހުސެއިން ރަޝީދަށް އަރުވާނެކަމުގެ ޔަޤީންކަން އަރުވަން އަދި ތިޔަ ކުރައްވާ ބުރަ މަސައްކަތަށް ނުހަނު މަރްހާބާ ދަންނަވަން” ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :