“އަޅުގަނޑުމެންގެ ސަރުކާރުގައި ފައިސާ ޚަރަދުކޮށްފައިހުރީ ރަނގަޅަށްތޯ ނުވަތަ ގޯސްކޮށްތޯ ބެލުމަށް ކުރެވޭ އޮޑިޓް”ތަކުގެ އޮޑިޓް ރިޕޯޓުތައް އޮޑިޓަރ ޖެނެރަލް ނެރުއްވަމުން ގެންދަވާކަމީ އުފާކުރާ ކަމެއް – ރައީސް ނަޝީދު

“އަޅުގަނޑުމެންގެ ސަރުކާރުގައި ފައިސާ ޚަރަދުކޮށްފައިހުރީ ރަނގަޅަށްތޯ ނުވަތަ ގޯސްކޮށްތޯ ބެލުމަށް ކުރެވޭ އޮޑިޓް”ތަކުގެ އޮޑިޓް ރިޕޯޓުތައް އޮޑިޓަރ ޖެނެރަލް ނެރުއްވަމުން ގެންދަވާކަމީ އުފާފުޅުކުރައްވާކަމެއްކަމަށް ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހދ. ވައިކަރަދޫއަށް ކުރެއްވި ކެންޕެއިން ދަތުރުފުޅެއްގައި އެރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ އޮޑިޓަރ ޖެނެރަލްގެ ބައެއް ތަޙްޤީޤުތަކުން އެމްޑީޕީގެ ސަރުކާރުގައި މާލިއްޔަތާބެހޭ ޤާނޫނާއި ޚިލާފަށް ޚަރަދުހިންގާފައިހުރިކަން ފާހަގަވެފައި އެބަހުރިކަމަށާއި، އެހެންނަމަވެސް އެއިންކަމެއްގައި ޚިޔާނާތުގެ ޢަމަލުތައް އެކުލެވިފައި ނުވާނެކަން ޔަޤީންކޮށްދެއްވާކަމަށެވެ.

އަދި ދިވެހިރާއްޖެއަށް 2008ގައި އާޤާނޫނު އަސާސީއެއްލިބި، އަކުރުން އަކުރަށް އެޤާނޫނުއަސާސީގެ ދަށުން މާލިއްޔަތާބެހޭ ޤާނޫނަށް ޢަމަލުކުރާން ފެށުމާއެކު، އެކިއެކި މަޝްރޫޢުތައް ހިންގަވާން ތިއްބެވި ވަޒީރުންނާއި، ޑިރެކްޓަރުންނާއި، އެކިފެންވަރުގެ މަސްއޫލުވެރި ބޭފުޅުންނަށް އެކިކަންކަން ހިންގުން އަވަސްކުރުމަށް އެޅޭ ބާރެއްގެ ސަބަބުން މާލިއްޔަތާބެހޭ ޤާނޫނުގައި ބަޔާންވެފައިހުރި ގޮތާއި މުޅިން އެއްގޮތްނޫން މަގަކުން ޚަރަދުކުރެވިފައިހުރުން އެއީ އެކަށީގެންވާކަމެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން “އަޅުގަނޑުމެން” އެންޓިކޮރަޕްޝަން ކޮމިޝަނުން އަދި އޮޑިޓަރޖެނެރަލް އަދި އުއްތަމަ ފަނޑިޔާރު ވިދާޅުވާ އެއްޗެއްވެސް ބޮލާލައިނުޖަހާނެކަމަށާއި، އެފަރާތްތަކުން ފާހަގަކުރާ ކަންކަމަކީ އެކަންކަމުން ޢިބްރަތް ޙާސިލުކޮށް އިސްލާޙުވުމަށް ލިބޭ ފުރުސަތެއްކަމަށް ބަލައިގަންނާންޖެހޭނެކަމަށް ށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައިމެއެވެ.

“އަޅުގަނޑެއް ތިޔަބޭފުޅުންގެ އެންމެ ލޯލާރިއެއްގައިވެސް، ފައިސާ ފޮއްޗެއްގައިވެސް އިރާދަކުރެއްވިޔާ ނުޖެހޭނަން”ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެ، ޔަޤީންކަން ދެއްވިއެވެ.

What do you think?

Name (required) :

Email (required) :

Website :