ފުވައްމުލަކުގައި ފުޅާގޮތެއްގައި ޑައިވް ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ރައީސް ނަޝީދު އިފްތިތާޙްކޮށްދެއްވައިފި

ފުވައްމުލަކުގައި ހުރިހާ އުމުރެއްގެ މީހުންނަށް ހުޅުވާލެވިގެން ފުޅާގޮތެއްފައި ޑައިވްކުރުމުގެ ޕްރޮގްރާމެއް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕަޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މިޕްރޮގްރާމް އިފްތިތާޙްކުރުމުގެ ގޮތުން ފުވައްމުލަކުގައި މިއަދު ހެނދުނު ރާއްޖޭގެ އެންމެ ތަޖުރިބާހުރި ބައެއް ޑައިވަރުންނާއި ފުވައްމުލަކުގެ ޒުވާނުން ގުޅިގެން އިންތިޒާމް ކުރި ޑައިވެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. ފުވައްމުލަކުގެ ބޭރުން 18 މީޓަރުގެ ޑައިވްގައި ޖުމްލް 9 ޑައިވަރުން ބައެިވެރިވިއެވެ.

“މުޅި ދިވެހިރާއްޖެއިންވެސް އަޅުގަނޑު ދުށް އެންމެ ރީތި ހައުސް ރީފް މިއީ” ފުވައްމުލަކުގައި ޑައިވްކުރެއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފުވައްމުލަކަކީ ޑައިވް ކުރުމާއިއެކު ގެސްޓްހައުސް ތަރައްޤީ ކުރެވި ފުޅާދާއިރާއެްއގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރެވެން އޮތް ތަނެއްކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ފުވައްމުލަކުގައި އުމުރުން 8 އަހަރުން މަތީގެ މީހުންނަށް ހުޅުވާލެވިގެން ޑައިވް ކުރުމުގެ ޕްރޮގްރާމެއް މާދަމާ ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

What do you think?

Name (required) :

Email (required) :

Website :