އެމްޑީޕީގެ ދަބަހަށް ރިޔާސީ އިންތިޚާބު ވަދެ ނިމިއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ދަބަހަށް އިންތިޚާބު ވަދެ ނިމިއްޖެ ކަމަށާއި އިންތިހާބު އޮތީ ކިހިލި ޖަހައިލައިގެން މޮޅުވާ ގޮތަށް ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް އެމްޑީޕީން ވީ ވައުދުތައް ފުއްދާފައިވާތީ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މާލޭ ރާޅުގަނޑު ސަރަޙައްދުގައި ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ވައުދުވާ ޕާޓީއެއްކަމަށާއި އަދި ވައުދު ފުއްދާ ޕާޓީއެއްކަމުގައެވެ. އެހެންކަމުން ރައްޔިތުން އެމްޑީޕީއަށް ކުރާ ތާއީދު އިންތިހާއަށް އޮތުރުވެ އެއްބުރުން އެމްޑީޕީން މިއިންތިޚާބު ކާމިޔާބު ކުރާނެކަމުގައި ވިދާޅުވިއެވެ. އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ނިޒާމް ޤާއިމު ކުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޖީބަށް ބޭސްފަރުވާ ކުރެވޭނެ މާލީ އެހީތެރިކަން ދައުލަތުން ފޯރުކޮށްދިން ކަމުގައި ވިދާޅުވިއެވެ. “އެމްޑީޕީން ޖީބަށް ލައިދިނީ ބޭސްފަރުވާ ކުރެވޭނެ ފައިސާ. ސަލާން ޖެހުން ނިމުނީ” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ރައީސް ކަމުގައި ދޮށީ އުމުރުގެ މީހުންނަށް ޕެންޝަން ދެވޭނެ އުސޫލާއި ނިޒާމު ޤާއިމު ކުރެއްވިކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަކީ ވައުދުވާ ޕާޓީއެއްކަމަށް ތަކުރާރު ކުރައްވަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔަ ވުމުން ފުރަތަމަ އަހަރުގެ ތެރޭގައި 70 ރަށުގެ ނަރުދަަމާގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅިވއެވެ. ބޭސްފަރުވާ ހޯދުމަށް ޑޮކްޓަރު ގާތަށް ދިއުމުން ޑޮކްޓަރަށް ދައްކައި ނިމިގެ ރައްުިތުން ނިކުންނާނީ ބޭސް ކޮތަޅާއި އެކު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެ ެ. ބަލިވެ ހާލުގައި ޖެހުނީމާ ވަޠަން ދޫކޮށް، އަނބިދަރިން ދޫކޮށް އަވަށްޓެރި ޤައުމުތަކަށް ދާން ޖެހުން ހުއްޓުވުމަކަށް ގެނެސްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

2013 ފެބްރުއަރީ 7 ވަނަ ދުވަހުގެ މައްޗަށް އަލިއަޅުވައި ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތް ކުރުމުގައި އެބޭފުޅުން އިސްވެ ހަރަކާތްތެރިވީ އެމްޑީޕީ ސަރުކާރުން އާސަންދަ ތަަޢާރަފް ކުރުމުން “ޖަނަވަރީ 2012 ގައި މަހަކު އަޅުވެތި ކުރާނެ ރައްޔިތުން ނުލިބި” ދިވެހިންގެ ތަރައްޤީއަށް ހުރަސް އެޅިގެން ދިޔަކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި ދިގު ތިރީސް އަހަރުގައި ކަން ހިނގައި ދިޔަ ގޮތް ރައްޔިތުން ހަނދާނުން ފިލައި ނުދާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ލަދަކާއި ނުލާ ދިގު 30 އަހަރުގައި ދައްކަމުން އައީ ދިވެހި ރާއްޖޭގެ ފަގީރުކަމާއި ރައްޔިތުންނަށް ފުރުޞަތު ނެތް ކަމުގެ ވަހަކަކަމުގައި ރައީސް ނަޝީދު ވިދަޅުވިއެވެ. އަދި މިހާރު ދިވެހިންނަށް ސާފުވެ ޤަބޫލުކުރަނީ މިއީ ދިވެހިންނަށް ޙައްޤު މިންވަރު ނޫން ކަމުގައެވެ. އަދި ދިވެހިރާއްޖެއަކީ ވަޞީލަތްތައް ގިނަ މުއްސަނދި ޤައުމެއް ކަމުގައި ރައީސް ނަޝީދު ތަކުރާރު ކުރެއްވިއެވެ.

What do you think?

Name (required) :

Email (required) :

Website :