ރައީސް ނަޝީދު އިގިރޭސިވިލާތަށް ފުރާވަޑައިގެންފި

ރައީސް މުޙައްމަދު ނަޝީދު މިއަދު އިގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ދިވެހިރާއްޖޭގައި މިހާރު ހިނގަމުންމިދާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އިގިރޭސިވިލާތުގެ ސަރުކާރުގެ އިސްބޭފުޅުންނާއި އަދި ޕާލިމެންޓްގެ މެމްބަރުންނާއި ބައްދަލުކުރައްވާނެއެވެ. އަދި ކޮމަންވެލްތު ސެކެޓްރީ ޖެނެރެލްއާއި ކޮމަންވެލްތް ރޯޔަލް ސޮސައިޓީގެ ދައުވަތަކަށް ލަންޑަން އަދި ސްކޮޓްލެންޑްގައި ދިވެހިރާއްޖޭގެ ޑިމޮކްރަސީއާއި ގުޅޭގޮތުން ތަގުރީރުކުރައްވާނެއެވެ. މީގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާ އެކިއެކި ޖަމްޢިއްޔާތަކާވެސް ބައްދަލުކުރައްވާނެއެވެ. މިދަތުރުފުޅުގައި ރައީސް ނަޝީދު އަރިހުގައި އެމް.ޑީ.ޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ އަލްފާޞިލް އަހުމަދު ނަސީމާއި އެމް.ޑީ.ޕީގެ ޗެއަރޕަރސަންގެ ނައިބު (މާލީ) އަލްފާޞިލް އަހުމަދު މައުސޫމް ބައިވެރިވެވަޑައިގަންނަވައެވެ. .

What do you think?

Name (required) :

Email (required) :

Website :