ނޫސް ބަޔާން

މިއަދު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ރައީސް ނަޝީދުގެ މައްޗަށް ދަޢުވާކުރެވޭ މައްސލައިގެ ޝަރީޢަތުގެ މަޖިލީހަށް ރައީސް ނަޝީދު ޙާޟިރުވެވަޑައިނުގެންނެވީ އެމް.ޑީ.ޕީގެ 27 ސެޕްޓެމްބަރ 2012 ވަން ދުވަހު ފާސްކޮށްފައިވާ ޤާރާރާ އެއްގޮތަށް ޢަމަލުކުރެއްވުމަށެވެ. އެއީ، ޤައުމީ ހިންގާ ކޮމިޓީގެ ޤަރާރުތަކަކީ، ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ނަޝީދު އެ ޤަރާރުތަކުގެ ރޫޙާ އެއްގޮތަށް ޢަމަލުކުރެއްވުން މުހިއްމު ނިންމުންތަކެއް ކަމަށް ދެކިވަޑައިގަންނަވާތީއެވެ.

އެމް.ޑީ.ޕީ.ގެ ޤައުމީ ހިންގާ ކޮމިޓީގެ ޤަރާރުގައިވަނީ، ރާއްޖޭގެ ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަކުރެވެމުން ދާކަމަށާއި، ބައިނަލްއަޤވާމީ އެކިއެކި ފަރާތްތަކުން ލިޔުއްވާފައިވާ އެކިއެކި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ މައްސަލަތައް އިޞްލާޙުކުރުމަށް މިހައިތަނަށްވެސް އެއްވެސް ކަމެއް ކުރެވިފައިވނުވާކަމށް ފާހަގަކުރެވޭތީ، ރާއްޖޭގެ ޝަރުޢި ނިޒާމަށް ގެންނަން ބައިނަލްއަޤްވާމި ފަރާތްތަކުން ފާހަގަކޮށްފައިވާ އިޞްލާޙުތައް ގެނެވެންދެން ރާއްޖޭގެ ކޯޓުތަކުގެ ނިޒާމުގެ ތެރެއިން ކުރެވޭ ދަޢުވާތައް ބަލައި ނުގަތުމަށް ގޮވާލައި، އަދި ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން އަދުލުވެރި އިންސާފުވެރި ޝަރީޢަތެއް ރާއްޖޭގައި އުފައްދާފައިވާ އެއްވެސް ކޯޓެއްގައި ކުރެވިދާނެކަމަށް ޤަބޫލު ނުކުރެވޭކަމަށެވެ.

މީގެ އިތުރުން، ރައީސް ނަޝީދުގެ ޝަރީޢަތް ހިންގުމަށް ކަނޑައަޅާފައިވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ، ޤާނޫނުއަސާސީ އާއި، ޤާނޫނާ ޚިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށްވާތީއާއި، އެ ޝަރީޢަތް ކުރުމަށް އެކުލަވާލާފާއިވާ ފަނޑިޔާރުންގެ ޕެނެލް އެކުލަވާލާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ވާތީއާއި، އެޕެނަލްއަށް ފަނޑިޔާރުން އައްޔަންކޮށްފައިވަނީވެސް ޤާނޫނާ ޚިލާފަށް ކަމަށްވާތީ، އެތަނަކީ އެފަދަ ޝަރީޢަތެއް ކުރެވިދާނެ ތަނެއް ކަމަށް ޤަބޫލުނުކުރެވޭތީއެވެ.

އަދި، އިސްވެ ދެންނެވި ކަންކަން އެހެން ހުރުމުގެ އިތުރުން، ރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރައްވައި، ޤާނޫނާ ޚިލާފަށް އުފައްދާފައި ހުރި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން، އިންސާފުވެރި ޝަރީޢަތެއް ކުރެވި ރައީސް ނަޝީދާމެދު އަދުލްއިންސާފު ޤާއިމުކުރެވިދާނެ ކަމުގެ އެއްވެސް ފުރުޞަތެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާތީއެވެ.

01 އޮކްޓޯބަރ 2012

What do you think?

Name (required) :

Email (required) :

Website :