ލިވްއެބޯރޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ލިވްއެބޯރޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ބައްދަލުކުރައްވައިފިއެވެ. ދިވެހިރާއްޖޭގައި ސަފާރީތަކުގެ މަސައްކަތްކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތައް އެބޭފުޅުން ހިއްސާކުރެއްވިއެވެ. ބައުންޑަރީ ރެގިއުލޭޝަންގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ރައްކާތެރިކަމާއެކު ސަފާރީ އޮޑިތައް ބަނދަރު ކުރެވޭނެ ގޮތް ނެތުނީމާ ދިމާވާ ދަތިތައް އެބޭފުޅުން ރައީސް ނަޝީދާ ހިއްސާ ކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ސަފާރީގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެމްޑީޕީ މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވިއެވެ. އަދި ސަފާރީ އުޅަނދު ބަންނަ ދިވެހިންގެ މަސައްކަތް ކުރިއަރުވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ލިވްއެބޯޑް އެސޯސިއޭޝަންގެ އިތުރުން ސަފާރީތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާވެސް ރައީސް ނަޝީދު ބައްދަލުކުރެއްވިއެވެ. އަދި މަސަކަތްތެރިންގެ ޙައްޤުތަކާ ގުޅޭ ގޮތުން އެބޭފުޅުންގެ ކަންބޮޑުވުން ހިއްސާކުރެއްވިއެވެ.

އެމްޑީޕީ ސަރުކާރުން ހުށަހަޅަނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :