އިންޑިޔާ އާއި ދިމާޔަށް ބަދުބަސްބުނެ ބަޔެއް ސިޔާސީ ވެރިން އުޅުއްވުމުން އަޅުގަނޑުމެން ދިވެހިންނަށް ގެއްލުންވާނެ – ރައީސް މުހައްމަދު ނަޝީދު

އަވައްޓެރި ބޮޑެތި ޤައުމުތަކަށް ބަދުބަސްބުނެ ނުރުހުމުގެ ވާހަކަ ދައްކާ ހެދީމަ ދިވެހި ރާއްޖެއަށާއި ދިވެހިންނަށް ގެއްލުންވާނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިހާރު ފާދިއްޕޮޅު ނާއިފަރަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމް.ޑީ.ޕީ ގެ ނާއިފަރު ދާއިރާއިން ރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

‘އިންޑިޔާ އާއި ދިމާލަށް އެއީ ރާއްޖޭގެ ރައްޔިތުންގެ ތާއީދު ލިބޭނޭކަމަށް ދެކި ބައެއް ސިޔާސީ ލީޑަރުން ބަދުބަސްބުނެ، ނުރުހުންވެ ހެއްދެވީމާ އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެންނަށްވެސް ގެއްލުންވާނެ’
ހުޅުލޭ އެއަރޕޯޓް ތަރައްޤީ ކުރުމަށް އިންޑިޔާގެ ޖީ.އެމް.އާރް ކުންފުންޏާއި ޙަވާލުކޮށްފައިވާއިރު، ދިވެހި ސަރުކާރުން ޖީ.އެމް.އާރް އާއި އެކު އެއްބަސްވެފައިވާ ކޮންޓްރެކްޓް ބާޡިލުކޮށް ޖީ.އެމް.އާރް އަތުން އެއަރޕޯޓް އަތުލުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުންދަނީ ގޮވާލަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ހުޅުލޭ އެއަރޕޯޓް ތަރައްޤީ ކުރުމަށް ކުރެވިފައިވާ ކޮންޓްރެކްޓްއަކީ ވަރަށް ރަގަޅަށް ބަލާފަ ހެދިފައި އޮތް ކޮންޓްރެކްޓެއްކަމަށެވެ. އަަދި އެއަށްވުރެ ވަކި ރަގަޅު ކޮންޓްރެކްޓެއް އެއަރޕޯޓް ތަރައްޤީކުރުމަށް ހުށަނޭޅޭނެކަމަށެވެ.

‘އެކޮންޓްރެކްޓާއި ގުޅޭގޮތުން ސިޔާސީ ބޭނުމަށް، ސިޔާސީ ފަރާތްތަކުން ވާހަކަދައްކަވަމުން އެގެންދަވަނީ ދިވެހިރާއްޖެ އާއި އިންޑިޔާ އާއި ދެމެދު އިޤްތިޞާދީ، ސިޔާސީ އަދި ބައިނަލްއަޤްވާމީ ގުޅުމަށް ބުރޫއަރާ މިންވަރަށް. މިކަމުން ދިވެހިންނަށް ވާނޭ ފައިދާއެއް ނޯންނާނެ’.
ނިންމާލައްވަމުން ރައީސް ނަޝީދު އިދިކޮޅު ސިޔާސީ ފަރާތްތަކަށް އިންޑިޔާ އާއި ދިމާކުރައްވަން ނޫޅުއްވުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

What do you think?

Name (required) :

Email (required) :

Website :