ކުރީގެ ސަރުކާރު ބަދަލުކުރަން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ ފުލުހުންގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދިޔުމުން – ރައީސް ނަޝީދު

ރައީސް މައުމޫނުގެ ހުދުމުހުތާރު ވެރިކަން ބަދަލު ކުރުމަށް ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި ސަބަބަކީ ފުލުހުންގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދިޔުންމުން ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރުގެ އިފްތިތާހީ ޖަލްސާގައި ށ.މިލަންދޫގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއި އަލްފާޞިލް އިބްރާހިމް ހުސައިން ޒަކީ އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހދ. ހޮނޑައިދޫގައި އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކޮށް ހައްޔަރުކުރުމުގައި ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރުމަށް ފުލުހުން އާންމު ކުރި ފޮޓޯތަކުން ބާރުގެ ބޭނުންކޮށްފައިވާކަން ސާފުކޮށް ހަމަވާކަމާއި އަދި އެފޮޓޯތައް ރައްޔިތުން ސިއްސުވާލިކަމަށެވެ. އަދި އެފޮޓޯތައް ހަމަކުރުމުން ދޭހަވަނީ ފުލުހުންގެ ކޮމިޝަނަރގެ މަގާމު ފުރުއްވަމުން ގެންދަވާ ޢަބްދުﷲ ރިޔާޒް ހުންނެވީ އަނިޔާ ކުރާން ތައްޔާރަށް ކަމެވެ. މީގެ ކުރީގައި ފުލުހުން ރައްޔިތުންނަށް ކޮށްފައިވާ އަނިޔާއާ މިހާރު އެކަން ކުރަމުން ގެންދާގޮތް ތަފާތުކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މާގާމުގައި ބޭފުޅަކު ނެތްކަމުގައެވެ. އަދި ދިވެހިރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް އުފެދި ރައީސުލްޖުމްހޫރިއްޔާ ކަމުގައި އެމަނިކުފާނު ހޮވިވެވަޑައިގަންނަވާނެ ކަމުގައެވެ. ބަޣާވާތަކަށްފަހު ސަރުކާރާ ހަވާލުވެވަޑައިގެންނެވި ބޭފުޅުން ބަޣާވާތް ރޭވުމުގައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ރޭވިކަމާއި ދޭހަވާގޮތަށް ސަރުކާރުގެ ކޯލީޝަން ޕާޓީއެއްގެ ފަރާތުން ދޭހަވާކަމުގައި ވިދާޅުވިއެވ. އަދި އެދުވަހުގެ ކަންކަން ހިގަައިދިޔަ ގޮތް ބައިނަލްއަގުވާމީ ފަރާތްތަކުން ދިރާސާ ކުރާނެ ކަމުގައި ބެލެވޭތީ ރައީސް ނަޝީދު ހަވަރަށް ދޭނެ ކަމުގެ ވާހަކަތައް ދެކެވުނު ކަމުގައި މިލަންދޫގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑ.މިލަންދޫގައި ބޭއްވި ޖަލްސާގައި ގިނަ ރައްޔިތުންތަކެއް ބައިވެރވެވަޑައިގެންނެވިއެވެ. މިލަންދޫގެ އިތުރުން، ނ.ވެލިދޫ، ހދ. ކުޅުދުއްފުށި އަދި ނ. މަނަދޫންވެސް ރައްޔިތުން މިޖަލްސާގައި ބައިވެރިވަޑައިގަތެވެ.

What do you think?

Name (required) :

Email (required) :

Website :