ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭ ޚަރަދުތައް އޮޅުން ފިލުމަކީ ރައްޔިތުންގެ ޙައްޤެއް – ރައީސް ނަޝީދު

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަށް ކުރެވޭ އެންމެހައި ޚަރަދުތަކުގެ ތަފްޞީލް އޮޅުން ފިލުމަކީ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއްކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންއަމިއްލަފުޅު ބޭނުންތަކަށް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތައް ގިނަވެ އަދި އެދަތުރުފުޅުތަކުގެ ތަފްޞީލް ރައްޔިތުންނަށް ހާމަނުކުރައްވާކަމީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންގެ ޓެކްސްއިން ދައުލަތުގެ ބަޖެޓަށް ލިބޭ އާމްދަނީން ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭ ޚަރަދުތައް ހާމަކުރެއްވުމަކީ ދެފުށްފެންނަ ޑިމޮކްރަޓިކް ދައުލަތެއްގައި ކޮންމެހެން ކުރައްވަން ޖެހޭނެ ކަމެކެވެ.

އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ ޚަރަދުތަކުގެ ތަފްޞީލް އާންމުކުރެވެން ފެށިނަމަވެސް ސަރުކާރު ބަދަލުވުމަށްފަހު އެޚަރަދުތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހާމަނުކުރައްވާކަމީ ކަންބޮޑުވާކަމެކެވެ.

What do you think?

Name (required) :

Email (required) :

Website :