އާސަރުކާރާ ބައްދަލުކުރެއްވުމަށް ރައީސް ނަޝީދު ސްރީލަންކާއަށް މިއަދު ފުރާވަޑައިގަންނަވާނެ

2015 ޖަނަވަރީ 9 ވަނަ ދުވަހު ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި އިންތިޚާބުވެވަޑައިގެންނެވި އާސަރުކާރާ ބައްދަލުކުރެއްވުމަށް ރައީސް މުޙައްމަދު ނަޝީދު މިއަދު ކޮލޮމްބޯއަށް ފުރާވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގައި ރައީސް ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި ބައްދަލުކުރައްވާނެއެވެ. ހުކުރުދުވަހު އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެއްވުމާއެކު ރައީސް ނަޝީދުވަނީ ފޯނުން ގުޅުއްވައި ޔުނައިޓެޑް ނެޝަންލް ޕާޓީގެ ލީޑަރ އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް މަރުހަބާ ވިދާޅުވެފައެވެ.

What do you think?

Name (required) :

Email (required) :

Website :