އީޔޫ ޕާރލިމަންޓުގެ ރައީސް އާ ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައްދަލުކުރައްވައިފި

ޔޫރަޕިއަން ޕާލިމަންޓުގެ ރައީސް މާރޓިން ޝޯލްޓްޒްއާއި ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ އަންގާރަ ދުވަހުގެ މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ. ސްޓްރަސްބޯރގްގައި ހުންނަ ޔޫރަޕިއަން ޔޫނިއަންގެ ޤާނޫނު ހަދާ މަޖިލިހުގައި އޮތް މި ބައްދަލުވުމުގައި ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އީޔޫ ޕާލިމަންޓުން ފާސްކޮށްފައިވާ ޤާރާރު ފާހަގަ ކުރައްވައި ޤަރާރުގައި ހިމަނާފައިވާ ކަންކަމާމެދު މަޝްވަރާ ކުރެވުނެވެ. ދިވެހިރާއްޖޭގެ ސިޔާސީ ޙާލަތާ އަދި ހީނަރުވަމުން އަންނަ ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

ރައީސް ނަޝީދާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށާއި ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އީޔޫ ޕާރލިމަންޓުގެ އިސްނެންގެވުމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް ލައިލާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީގެ އަރިހުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލު ޖެރެޑް ގެންސަރ ބައިވެރިވެވަޑައިގަތެވެ.

What do you think?

Name (required) :

Email (required) :

Website :