ރައީސް މުޙައްމަދު ނަޝީދު އަނބުރާ ޖަލަށް ގެންދިއުމަކީ ޣައިރު ޤަނޫނީ ހައްޔަރެއް ކަމުގައި ކަނޑައަޅުއްވައި ދެއްވުމަށް އެދި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި

އާދީއްތަ ދުވަހުގެރޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ރައީސް މުޙައްމަދު ނަޝީދު ދިރިއުޅުއްވާ މ.ޔާގޫތުގެއަށް ވަޑައިގެން އެއްވެސް ލިޔެކިޔުމެއް ނެތި، ރައީސް މުޙައްމަދު ނަޝީދު ޤާނޫނާ ޚިލާފަށް ހައްޔަރުކޮށް އަލުން އަނބުރާ ޖަލު ބަންދަށް ގެންދިއުމަކީ ޣައިރު ޤާނޫނީ ބަންދެއްކަމުގައި ކަނޑައަޅުއްވައި ދެއްވުމަށް އެދިް ކްރިމިނަލް ކޯޓަށް ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުން މިއަދު ހެނދުނު މައްސަލަ ހުށަހަޅުއްވައިފިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް 2015 މާޗް 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރެއްވި ޙުކުމުގެ ބާކީ މުއްދަތު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރި ކަން އަންގައިދޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ލިޔުން ރަސްމީ ލެޓަރހެޑްގައި، ދައުލަތުގެ ނިޝާނާ އަދި ސޮއިއާއެކު ރައީސް މުޙައްމަދު ނަޝީދުގެ ޤަނޫނީ ވަކީލުންގެ ހާޒިރުގައި 2015 ޖުލައި 19 ވަނަ ދުވަހު އެ ސަރވިސްގެ މުވައްޒަފަކު ރައީސް މުޙައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގެން ވަނީ ޙަވާލު ކުރައްވާފައެވެ. ކަން މިހެން އޮތް ހިނދު ރައީސް ނަޝީދާ ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވައި، އަދި ޙާލަތު ބަދަލުވިކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތި،މީހުން ހިފާ ހައްޔަރުކުރުމުގެ އިޖްރާޢަތްތަކާ ޚިލާފަށް ކްރިމިނަލް ކޯޓުގެ ލިޔުމެެެއްވެސް ނެތި ރައީސް ނަޝީދު އަލުން އަނބުރާ ޖަލު ބަންދަށް ބަދަލު ކުރުމަކީ ޣައިރު ޤަނޫނީ ހައްޔަރެއް ކަމުގައި ދެކެމެވެ.

What do you think?

Name (required) :

Email (required) :

Website :