ރައީސް މުޙަައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ހާޒިރުވުމަށް އަންގަވައިފި

ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަތީފް މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ހާޒިރުވުމަށް ޗިޓު ފޮނުއްވައިފިއެވެ. 2015 އޮގަސްޓު 25 ވަނަ ދުވަހު 20:30 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އުސާމަތު ސޮއި ކުރައްވައި ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ހަސަން ލަޠީފާ ޗިޓު ހަވާލުކުރެއްވީ މިރޭގެ ވަގުތެއްގައެވެ.

ކުއްލިގޮތަކަށް އެއްވެސް ލިޔެކިޔުމެއްނެތި ރައީސް މުޙައްމަދު ނަޝީދު ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމަށްފަހު 24 ގަޑިއިރުވެސް ނުވަނީސް އެމަނިކުފާނުގެ ޤާނޫނީ ވަކީލު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަކީ ކަނޑައެޅިގެން ބިރު ދެއްކުމާއި ފުރައްސާރަ ކުރުން ކަމުގައި މި އޮފީހުން ޤަބޫލު ކުރަމެވެ. އަދި މިފަދަ ކަންކަމުން ދުރުވެ ޤާނޫނުގެ ވެރިކަން ހިންގުމަށް ދައުލަތުގެ އެންމެހައި މުވައްސަސާތަކަށް ގޮވާލަމެވެ.

What do you think?

Name (required) :

Email (required) :

Website :