އަލްފާޟިލް ކޮލި ޢަލީ ޢުމަރު މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދު ތައުޒިޔާ ދަންނަވައިފި

ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ކޮލި ޢަލީ ޢުމަރު މަނިކު 19 ޑިސެމްބަރ 2015 ގައި ސިންގަޕޫރުގައި އަވަހާރަވުމާ ގުޅިގެން އެކަމުގެ ފުން ހިތާމާގައި ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެޑައިގަންނަވައި ޢަލީ އުމަރު މަނިކުގެ ޢާއިލާއަށް ވަރަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަމެވެ.

އަލްފާޟިލް ކޮލި ޢަލީ ޢުމަރު މަނިކު ދިވެހިރާއްޖެއަށް ކުރައްވާފައިވާ ޚިދުމަތްތަކަކީ އަގުކުރެވޭނެ ކަންކަމެއް ނޫނެވެ. އަލްމަރުހޫމް އިބްރާހީމް ނާސިރުގެ ރައީސްކަމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ފުރިހަމަ ކުރައްވައި އެމަނިކުފާނަކީ ސިޔާސީ އަދި ވިޔަފާރީގެ ދާއިރާގައިވެސް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢަލީ އުމަރު މަނިކު ފާހަގަ ކުރެވެނީ ވިޔަފާރީގެ ދާއިރާއިން ނަމަވެސް ގިނަގުނަ ހުރަސްތަކަކާއެކު 26 ޖުލައި 1965 ގައި ދިވެހިރާއްޖެއަށް މިނިވަކަން ލިބުނު އެގްރީމެންޓުގައި ސޮއި ކުރުމާއި ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމުގައި އެމަނިކުފާނުގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަ ކުރަމެވެ. އަދި ޤައުމީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގައި ޢަލީ ޢުމަރު މަނިކުގެ މަސައްކަތްޕުޅުތަކަކީ ތަޢުރީފް ހައްްޤު ކަންކަމެވެ.
ޢަލީ އުމަރު މަނިކުގެ ފުރާނަ ފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށް އެދި ދުޢާކުރަމެވެ. އަދި އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ދުޢާ ދަންނަވަމެވެ.

What do you think?

Name (required) :

Email (required) :

Website :