ކަރެކްޝަންސްއިން ބުނާ ވާހަކަ ރައީސް ނަޝީދުގެ ޢާއިލާއިން ދޮގުކުރުން

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް މިރޭ ފުރާވަޑައިގަތުން ލަސްވަނީ، އެކަމާ ގުޅޭ ލީގަލް ޑޮކިއުމެންޓްތަކުގައި ސޮއިކުރަން އެމަނިކުފާނުގެ އާއިލާ އިން ބޭނުން ނުވާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބަޔާންކުރި ކުރުމަކީ ކަނޑައެޅިގެން ކަރެކްޝަންސްއިން ހަދާފައިވާ ބުހުތާން ދޮގެކެވެ.

އެއްވެސް ލީގަލް ޑޮކިއުމަންޓެއްގައި ސޮއި ކުރުމަށް ރައީސް ނަޝީދުގެ އާއިލާގެ ކިބައިގައި ކަރެކްޝަންސްއިންވެސް، އަދި ސަރުކާރުގެ އެހެން އިދާރާއަކުންވެސް އެދިފައެއް އަދި ޚުދް ރައީސް ނަޝީދުވެސް އެދިވަޑައިންފައެއް ނުވެއެވެ.

ބަޔާން ނެރުނީ: ރައީސް މުޙައްމަދު ނަޝީދުގެ އާއިލާ
17 ޖަނަވަރީ 2016

What do you think?

Name (required) :

Email (required) :

Website :