އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންއާ ރައީސް މުޙަންމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ

އިނގިރޭސި ބޮޑުވަޒީރު ރަސްމީ ގެކޮޅުކަމުގައިވާ 10 ޑައުނިންގ ސްޓްރީޓުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދާއެކު އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީއާއި، އެމަނިކުފާނުގެ ބައިނަލްއަޤްވާމީ ޤަނޫނީ ވަކީލުންގެ ޓީމުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އަމާލް ކްލޫނީއާއި، ޖެރަޑް ޖެންސަރއާއި، ބެން އެމަރސަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާގުޅޭގޮތުންނާއި، ޑެމޮކްރަސީގެ ރާސްތާގައި ރާއްޖެ މިހާރު ދެކެމުންދާ މަންޒަރުތަކާ ގުޅޭގޮތުން ރައީސް ނަޝީދުގެވަނީ ބޮޑުވަޒީރު ޑޭވިޑް ކެމަރަންއަށް މަޢުލޫމާތު އަރުވާފައެވެ. މިގޮތުން ދިވެހިރާއްޖޭގައި މިނިވަން އިންސާފުވެރި އަދި އެންމެހައި ފަރާތްތަކަށްވެސް ވާދަކުރެވޭ އިންތިޚާބެއް ބޭއްވުމުގެ މާޙައުލެއް ޤާއިމުކުރުމަށާއި، މިމަގުން ކުރެވޭ މަސައްކަތުގެ ވާސިތާއިން ދިވެހި ދައުލަތުގެ މިނިވަން މުސްތަޤިއްލު މުއައްސަސާތައް ހަރުދަނާކޮށް، ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅުދެއްކެވިމެއެވެ.

ދިވެހިރާއްޖޭގައި ޑެމޮކްރެޓިކް ހަމަތައް އަށަގަނުވާ، ވަރުގަދަކުރުމުގެ މަސައްކަތުގައި ކުރިއަށްއޮތްތަނުގައިވެސް އިނގިރޭސިވިލާތުން އެހީތެރިކަމާއި، މަދަދު ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެޤައުމުގެ ބޮޑުވަޒީރު މިއަދުގެ ބައްދަލުވުމުގައި ދެއްވިއެވެ.

މީގެއިތުރުން ދިވެހި ކިޔަވާކުދިންނަށް އިނގިރޭސިވިލާތަށް ދިއުމުގައި ބޭނުންވާ ވިސާގެ ކަންކަމާއި، އެހެނިހެންވެސް އިންތިޒާމުތަކާއި، އިޖުރާތުތައް ފަސޭހަކޮށްދިނުމަށް ކުރެވެން ހުރި ކަންކަމުގެ މައްޗަށްވެސް ރައީސް ނަޝީދުވަނީ އިނގިރޭސިވި ބޮޑުވަޒީރާ ޚިޔާލު ބަދަލުކުރައްވާފައެވެ.

What do you think?

Name (required) :

Email (required) :

Website :