އިނގިރޭސިވިލާތުގެ ކުއީން މޭރީ ޔުނިވާރސިޓީ އޮފް ލަންޑަންގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ

ދުނިޔާގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުޙައްމަދު ނަޝީދު ފެބްރުވަރީ 15 ވަނަ ދުވަހު ތަޤްރީރުކުރައްވާނެއެވެ.

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މޫސުމަށް އަންން ބަދަލުތަކާ ގުޅޭ ހާއްސަ ކޮންފަރެންސްގެ ޝަރަފްވެރި މެހެމާނެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ އަސަރު ދިވެހިރާއްޖެއަށް ކުރަމުން އަންނަ މިންވަރާ ގުޅޭ ގޮތުން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. މީގެ އިތުރުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް ދިމާވާ ގޮންޖެހުންތަކާއި ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް މިމައްސަލަ ހައްލުކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސް ނަޝީދު އަލިއަޅުވައިލައްވާނެއެވެ. އަދި ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމުގައި ހެޔޮވެރިކަމުގެ ނިޒާމެއް އޮތުމުގެ މުހިއްކަމާމެދުވެސް ވާހަކަފުޅު ދައްކަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :