ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ، ތަރައްޤީވުމަށް ބޭނުންކުރާ ވަޞީލަތްތަކާ ގުޅޭ ގޮތުން ވާލްޑް ސްކޮލް ފޯރަމްގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އިންތިޒާމްކޮށްގެން ބާއްވާ ސްކޮލް ވާލްޑް ފޯރަމް އޮން ސޯޝަލް އޮންޓްޕްރިނަރޝިޕްގައި ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑަައިގަންނަވާނެއެވެ.

އޭޕްރިލް މަހުގެ 4 ން 7 އަށް އޮކްސްފޯޑް ޔުނިވާސިޓީގައި ބާއްވާ މި މަޝްހޫރު ފޯރަމްގައި ދުނިޔޭގެ ޤައުމުތަކުން ތެލަށް ބަރޯސާވެފައިވާ މިންވަރާ އަދި ތަރައްޤީވެފައިވާ ޤައުމުތަކާ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި ތެޔޮ ބޭނުންކުރުމުގެ ފަރަގާ ބެހޭގޮތުން އޮންނަ ހާއްސަ ޕެނެލްގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ދުނިޔޭގެ ތިމަވެއްޓަށް ގެއްލުން ލިބޭނެ ފަދަ ވަޞީލަތްތައް ބޭނުންކުރުމުން ޤައުމުތައް ތަރައްޤީވުމަށް ހުރަސްއެޅޭނެކަމުގެ މައްޗަށް އަލިއަޅުވައިލައްވާނެއެވެ. ޤައުމުތަކުން ތެލަށް ބަރޯސާވެފައިނުވާ ތަރައްޤީގެ ސިޔާސަތުތައް އެކަށައެޅުމުގެ މުހިއްމުކަާމެދުވެސް ރައީސް ނަޝީދު ވާހަކަފުޅުދައްކަވާނެއެވެ.

މިއަހަރުގެ ފޯރަމްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބޯނޯވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސްކޮލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް މުޙައްމަދު ނަޝީދު ސިލޯނަށް ވަޑައިގަންނަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :