އިންޑިޔާ ކަނޑުގެ ހަމަޖެހުމާ، މޫސުމަށް އަންނަ ބަދަލުތަކާ, ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން ރައީސް މުޙައްމަދު ނަޝީދު އިންޑިޔާގެ ނިއު ދިއްލީގައި ތަޤްރީރު ކުރައްވާނެ

އިންޑިޔާގެ ރިސާޗް އެންޑް އިންފޯމޭޝަން ސިސްޓަމް ފޯ ޑިވެލޮޕިން ކަންޓްރީސް އިން އިންތިޒާމް ކުރައްވާ ”ސައުތު ސައުތު އެންޑް ޓްރޭންގިއުލާ ކޯޕަރޭޝަން“ ގެ ނިންމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އޯގަސްޓު 25 ގައި އިންޑިޔާގެ ވެރިކަން ކުރާ ދިއްލީގަ ރައީސް މުޙައްމަދު ނަޝީދު ތަޤްރީރު ކުރައްވާނެއެވެ.

ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ގުޅުމާއި، އިޤްތިޞާދީ ކުރިއެރުމާ ގުޅޭ ގޮތުން ދިއްލީގައި އޮންނަ މި ކޮންފަރެންސްގައި ދުނިޔޭގެ 40 ޤައުމަކުން ބައިވެރިވެއެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިންނާއި، ތަރައްޤީއާ ގުޅޭ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެވަޑައިގަންނަވާނެއެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް، ހާއްސަކޮށް، ޤައުމުތަކުގެ ސިޔާސީ، އިޤްތިޞާދީ އަދި ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ.

މި ކޮންފަރެންސްގެ ނިންމުމުގެ ރަސްމިއްޔާތުގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކެޓަރީ (މަލްޓިލެޓަރަލް އިކޮނޮމިޗ ރެލޭޝަންސް) ދެއްވާ ފަރިއްކޮޅާއި ރިސާޗް އެންޑް އިންފޯމޭޝަން ސިސްޓަމް ފޯ ޑިވެލޮޕިން ކަންޓްރީސްގެ ޗެއާޕާސަން އެމްބެސެޑާރ ހަރްދީޕް ޕޫރީގެ ދެއްވާ ފަރިއްކޮޅަކަށް ރައީސް ނަޝީދަށްވަނީ ދައުވަތު އަރުވާފައެވެ.

What do you think?

Name (required) :

Email (required) :

Website :