މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފެސްޓިވަލް ހޫގޯގައި ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ބެލްޖިއަމްގެ މަޝްހޫރު ޔުނިވާސިޓީ އޮފް ލީޖްގެ ހޫގޯ އޮބްޒާވެޓަރީން އިންތިޒާމްކުރާ ފެސްޓިވަލް ހޫގޯގައި ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ނޮވެމްބަރު 20 ން 24 އަށް ކުރިއަށްދާ މި ފެސްޓިވަލްގައި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ބެލްޖިިއަމްގެ ނޫސްވެރިންނާ ބައްދަލުކުރައްވާނެއެވެ. އެއަށްފަހު އެމެރިކާގެ ކުރީގެ ނައިބުރައީސް އަލް ގޯ ލިޔުއްވާފައިވާ ޑޮކިއުމަންޓަރީ ފިލްމް ’އެން އިންކޮންވީނިއެންޓް ސީކުއެލް‘ ގެ ސްކްރީނިންގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. 21 ނޮެވެމްބަރުގައި ދިވެހިރާއްޖެއާ ގުޅޭ ގޮތުން އުފައްދާފައިވާ ’ދި އައިލެންޑް ޕްރެޒިޑެންޓް‘ ގެ ސްކްރީނިންގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މޫސުމަށް އަންނަ ބަދަކުތަކާ ގުޅޭ ގޮތުން ޙާއްސަކުރެވިފައިވާ ޕެނަލް ޑިސްކަޝަންއެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ބެލްޖިއަމް އަށް ރައީސް ނަޝީދު ކުރައްވާ މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ބްރަސްލްސްގައި ތިއްބަވާ ޔޫރަޕިއަން ޔޫނިއަންގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

What do you think?

Name (required) :

Email (required) :

Website :