ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙްކޮށްދެއްވުމަށް ރައީސް ނަޝީދު ލ.އަތޮޅަށް ވަޑައިގަންނަވައިފި

ދިވެހިރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު، ޤައުމީ ފެންވަރުގައި އިފްތިތާޙްކޮށްދެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ލ.އަތޮޅަށް މިއަދު ހެނދުނު ވަޑައިގަންނަވައިފިއެވެ. ގެސްޓްހައުސްގެ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙްކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ލ.ގަމުގައެވެ. މި ރަސްމިއްޔާތު ބާއްވާ ވަގުތު ރާއްޖޭގެ އެހެން 22 ސަރަޙައްދެއްގައި އެކުއެކީހެން މި ސިޔާސަތު އިފްތިތާޙްކުރުމުގެ ޙަރަކާތްތައް ކުރިއަށްދާނެއެވެ. މި 22 ސަރަހައްދުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ ރައީސް ނަޝީދުގެ ސަރުކާރުގެ މިނިސްޓަރުންނާއި، ޕާޓީގެ ޕާލިއަމަންޓަރީ ގްރޫޕްގެ ބޭފުޅުންނާއި އަދި ލީޑަރޝީޕުގެ ބޭފުޅުންނެވެ.

ގަމުގައި ބާއްވާ މި ޙަފްލާއަށް ލ.އަތޮޅުގެ ރައްޔިތުންނާއި ރާއްޖޭގަ ގެސްޓްހައުސްގެ ވިޔަފާރި ކުރައްވާ އެންމެހާ ފަރާތްތަކަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ ދަޢުވަތު އަރުވާފައެވެ.

What do you think?

Name (required) :

Email (required) :

Website :