ރައީސް މުޙަންމަދު ނަޝީދު، ހައްދުންމަތީގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މާލެ ވަޑައިގެންފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ހައްދުންމަތީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ހައްދުންމަތީގެ ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނު ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ އެމްޑީޕީ ސިޔާސަތު ލާމު ގަމުގައި އިފްތިތާޙްކޮށްދެއްވާފައެވެ. އަދި އެއަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ވަޑައިގެން އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަވާފައިވެއެވެ.

ރައީސް ނަޝީދު ހައްދުންމަތީގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެރަށްރަށުން އެމަނިކުފާނަށް ވަނީ ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ހައްދުންމަތީގެ ގިނަ އަދަދެއްގެ ޒުވާނުން އެމްޑީޕީއަށް ސޮއެކޮށްފާވެއެވެ. ވަކީން ޚާއްސަކޮށް ލާމު މާވަށުގެ 70 ވަރަކަށް ޒުވާނުން އެމްޑީޕީއަށް ސޮއެކުރިން ފާހަގަކުރެވެއެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުން އެރަށްރަށުގައި އެމަނިކުފާނަށް އޮތް ބޮޑު ތާއީދު އިހުނަށްވުރެ ބޮޑަށް ދަނީ ފެނި ހާމަވަމުންނެވެ

What do you think?

Name (required) :

Email (required) :

Website :