ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފާދިއްޕޮޅު ހިންނަވަރަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ ހަރުގެ ހުޅުވައިދެއްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފާދިއްޕޮޅު ހިންނަވަރަށް ވަޑައިގަންނަވައިފިއެވެ. މިއަދު ހަވީރު އެމަނިކުފާނު ހިންނަވަރަށް ވަޑައިގެންނެވުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައީސް ނަޝީދުއަށް ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. ހިންނަވަރަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގައި އެމްޑީޕީގެ ހަރުގެއެއް ހުޅުވައިދެއްވައި އަދި އެތަނުގައި އެމްޑީޕީގެ ބޮޑު ދިދަ ނަންގަވައިދެއްވާފައެވެ. އަދި “ދޮރުން ދޮރަށް” ހިންގަވާ ރަށުގެ ރައްޔިތުންނާ ރައީސް ނަޝީދު ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ހިންނަވަރު ކައުސިލްގެ މެންބަރުންނާ އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ. އަދި އެރަށުގައި މިރޭ އޮންނަ އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ޖަލްސާގައި ރައީސް މުޙަންމަދު ނަޝީދު ވާހަކަފުޅުދައްކަވާނެއެވެ. ރައީސް ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖްލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙަންމަދު ޞޯލިޙުއާއި އެމްޑީޕީ ލީޑަރޝިޕްގެ ބޭފުޅުންނާއި އަދި ރައްޔިތުންގެ މަޖްލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

What do you think?

Name (required) :

Email (required) :

Website :