ދިވެހިރާއްޖޭގައި މެރިކަލްޗަރ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީ ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙްކޮށްދެއްވުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫއަށް މިއަދު ވަޑައިގަންނަވައިފި

ދިވެހިރާއްޖޭގައި މެރިކަލްޗަރ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީ ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙްކޮށްދެއްވުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ. ނ.ކެނދިކުޅުދޫއަށް ރައީސް ވަޑައިގެންނެވުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް ވަނީ ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދަނީ ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރި ކުރާ އަދި ހިންގަވާ އެކި ފަރާތްޕުޅުތަކާއި މެރިކަލްޗަރގެ ވިޔަފާރިއާ ގުޅުންހުރި މަސައްކަތްތައް ކުރައްވާ ފަރާތްޕުޅުތަކާއި އަދި މި ވިޔަފާރިއަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުމުގައި ރައީސް މުޙަންމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މެރިކަލްޗަރ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީ ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙްކޮށްދެއްވުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ނ.ކެނދިކުޅުދޫގައެވެ. މިރަސްމިއްޔާތު ބާއްވާ ވަގުތު ރާއްޖޭގެ އެހެން 21 ސަރަޙައްދެއްގައި އެކުއެކީހެން މި ސިޔާސަތު އިފްތިތާޙްކުރުމުގެ ޙަރަކާތްތައް ކުރިއަށްދާނެއެވެ. މި 21 ސަރަޙައްދުގައި މި ސިޔާސަތު އިފްތިތާޙްކޮށްދެއްވާނީ ރައީސް މުޙަންމަދު ނަޝީދު ސަރުކާރުގެ ވަޒީރުންނާއި އެމްޑީޕީ ޕާލިމެންޓް ގްރޫޕްގެ މެންބަރުންނާއި އަދި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނެވެ.

What do you think?

Name (required) :

Email (required) :

Website :