ރައީސް ނަޝީދު، ނިލަންދެއަތޮޅު އުތުރުބުރިއާއި ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފައްޓަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، ނިލަންދެއަތޮޅު އުތުރުބުރިއަށާއި ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ.

މިދަތުރުފުޅުގައި ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ނިލަންދެއަތޮޅު އުތުރުބުރީ ފީއައްޔަށެވެ. ފީއައްޔަށް ވަޑައިގެން އެމަނިކުފާނު އެރަށުގައި ، އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެއެވެ. އަދި ފީއަލީގެ ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފ.ފީއަލީގެ އިތުރުން އެމަނިކުފާނު އެއަތޮޅު، ދަރަނބޫދޫއަށާއި ބިލެތްދޫއަށާއި މަގޫދޫއަށާއި އަދި ނިލަންދޫއަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ދ.އަތޮޅުން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މީދޫއަށެވެ. މީގެ އިތުރުން، ހުޅުދެލި، ރިނބުދޫ، އަދި ބަނޑިދޫއަށް ރައީސް ނަޝީދު ވަޑައިގަންނަވާނެއެވެ. މިހުރިހާ ރަށެއްގައިވެސް އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ހަރަކާތްތައް ހިންގެވުމުގެ އިތުރުން މި ރަށްރަށުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :