މަސައްކަތްތެރިންގެ އެމްޑީޕީ ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙްކޮށްދެއްވުމަށް ރައީސް ނަޝީދު ގދ.ތިނަދޫއަށް ވަޑައިގަންނަވައިފި

“މިނިވަން މަސައްކަތްތެރިޔާ ހަމަ އިސްކޮޅަށް ތެދުވެވޭ ފަޚްރުވެރި ދިވެހީން” މި ނަމުގައި މަސައްކަތްތެރީންގެ އެމްޑީޕީ ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙްކޮށްދެއްވުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ.

މަސައްކަތްތެރީންގެ އެމްޑީޕީ ސިޔާސަތު ގދ.ތިނަދޫގައި ރައީސް ނަޝީދު ޤައުމީ ފެންވަރުގައި އިފްތިތާޙްކޮށްދެއްވުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރުއެވެ. މި ރަސްމިއްޔާތާ އެކު އެކީހެން، ރާއްޖޭގެ އެހެން 20 ސަރަޙައްދެއްގައި މި ސިޔާސަތު އިފްތިތާޙްކުރެވިގެންދާނެއެވެ.
މި އިޙްތިފާލުތަކުގައި ބައިވެރުވުމުގެ ދައުވަތު އެސަރަހައްދެއްގެ އެންމެހާ ރައްޔިތުންނަށް ރައީސް ނަޝީދު ވަނީ ދެއްވާފައެވެ

What do you think?

Name (required) :

Email (required) :

Website :