އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި އދގެ ސެކެޓްރީ ޖެނެރެލްގެ ނައިބު ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފި

އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސްލެންސީ މިޝެލް ސިސޮންއާއި އދގެ ސެކެޓްރީ ޖެނެރެލްގެ ނައިބު މިސްޓަރ އޮސްކަރ ފަރނެންޑެޒް-ޓަރަންކޯ އާއި އަންގާރަ ދުވަހުގެ ހަވީރު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ވެރިކަން ފުލުހުންނާއި ސިފައިން ނިކުމެ ވައްޓާލުމާ ގުޅޭގޮތުން ތަހުގީގު ކުރުމަށް އެކުލަވާލެވުނު ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުވަމުން ނުދާކަން ފާހަގަކުރެއްވިއެވެ. އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބައިނަލްއަޤްވާމީ އޮބްޒަވަރުން އިންތިޚާބު މޮނިޓަރ ކުރެއްވުމަކީ ކޮންމެހެންވެސް މުހިއްމު ކަމެއްކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

“އދގެ ސެކްޓަރީ ޖެނެރަލްގެ ނައބާއި އެމެރިކާ އެމްބެސެޑަރގެ ބައްދަލުކުރުމުގައި ދެ ބޭފުޅުންވެސް އިއްތިފާގު ވެވަޑައިގަތީ ފެބްރުއަރީ 7 ވަނަ ދުވަހު ހިގައިދިޔަ ކަންކަމާމެދު ފުލުހުންނާއި ސިފައިންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަށް” ބައްދަލުވުމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :