“އެއްބުރުން ކޮޅުމަޑުލު” ދަތުރުފުޅުގައި ރައީސް ނަޝީދު ކޮޅުމަޑުލުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި

“އެއްބުރުން ކޮޅުމަޑުލު” ޖަލްސާ ތަކުގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ކޮޅުމަޑުލަށް މިއަދު ވަޑައިގަންނަވައިފިއެވެ.

ކޮޅުމަޑުލަށް މިކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ކޮޅުމަޑުލު ވިލުފުށްޓަށެވެ. ވިލުފުށީގައި، ޕެޗް އޭޖެންޓުންނާއި އަދި އެމްޑީޕީ ކައުންސިލަރުންނާއި ރައީސް ނަޝީދު މިރޭ ބައްދަލުކުރައްވާ “ދޭތިން ފަހެތި” ވަރކްޝޮޕް ހިންގަވާނެއެވެ. އަދި އެއަށްފަހު “އެއްބުރުން ވިލުފުށި” ޖަލްސާގައި ރައީސް ނަޝިދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ވިލުފުށިން ދެން ރައީސް ވަޑައިގަންނަވާނީ އެއަތޮޅު ބުރުނީ އަށެވެ. ބުރުނީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު، ޕެޗް އޭޖެންޓުންނާއި އެމްޑީޕީ ކައުންސިލަރުންނަށް “ދޭތިން ފަހެތި” ވަރކްޝޮޕް ހިންގަވާނެއެވެ.

ބުރުނީ އަށްފަހު ދެން ރައީސް ވަޑައިގަންނަވާނީ އެއަތޮޅު ހިރިލަންދޫއަށެވެ. ހިރިލަންދޫގައި އެރަށު ޕެޗް އޭޖެންޓުންނާއި އެމްޑީޕީ ކައުންސިލަރުންނަށް “ދޭތިން ފަހެތި” ވަރކްޝޮޕް ހިންގަވާނެއެވެ. އަދި އޭގެ ފަހުން ހިރިލަންދޫ ރައްޔިތުންނާއި ރައީސް ނަޝީދު ބައްދލު ކުރައްވާނެއެވެ.

ހިރިލަންދޫއިން ދެން ރައީސް ވަޑައިގަންނަވާނީ އެއަތޮޅު ވަންދޫ އަށެވެ. ވަންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު ވަންދޫ ޕެޗް އޭޖެންޓުންނާއި އެމްޑީޕީ ކައުންސިލަރުންނަށް “ދޭތިން ފަހެތި” ވަރކްޝޮޕް ހިންގަވާނެއެވެ.

“އެއްބުރުން ކޮޅުމަޑުލު” ދަތުރުގެ އެންމެފަހު މަންޒިލްއެއްގެ ގޮތުން ރައީސް ވަޑައިގަންނަވާނީ އެއަތޮޅު ކަނޑޫދޫއަށެވެ. އެރަށު ޕެޗް އޭޖެންޓުންނާއި އެމްޑީޕީ ކައުންސިލަރުންނަށް “ދޭތިން ފަހެތި” ވަރކްޝޮޕް ހިންގަވާނެއެވެ. އަދި “އެއްބުރުން ކަނޑޫދޫ” ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެ ވަދައިގަންނަވާނެއެވެ.

“އެއްބުރުން ކޮޅުމަޑުލު” ދަތުރު ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ 14 މެއި 2013 ވާ އަންގާރަ ދުވަހުއެވެ.

What do you think?

Name (required) :

Email (required) :

Website :