އޮސްޓްރިއާ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ރައީސް ނަޝީދުގެ އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި.

އޮސްޓްރިއާ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން މިސްޓަރ ރެއިމުންޑް މާރގިސް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ. އެމްޑީޕީގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކޮށްލެއްވުމުގައި، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް އެމްޑީޕީއިން ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު އޮސްޓްރިއާ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން މިސްޓަރ ރެއިމުންޑް މާރގިސްއަށް ދެއްވިއެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް ހިންގާ ޝަރީއަތާ ގުޅޭ މައުލޫމާތުވެސް މިސްޓަރ ރެއިމުންޑް މާރގިސްއަށް ދެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މުޖްތަމައުއިން މިހާރަށްވުރެ ބޮޑަށް ރާއްޖެއަށް ސަމާލުކަން ދެއްވުމަށް ރައީސް  ނަޝީދު އެދިވަޑައިގެންނެވިއެވެ

މިބައްދަލުކޮށްލެއްވުމުގައި، މިސްޓަރ ރެއިމުންޑް މާރގިސް ދެއްކެވި ވާހަކަފުޅުގައި، އޮސްޓްރިއާއަކީ ޔޫރަޕް އިއްތިހާދުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ޤައުމެއްކަމަށާއި، އެހެންކަމުން އީޔޫ މެދުވެރިކުރައްވައި ރާއްޖޭގައި މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އަދި ހުރިހާ ކެނޑިޑޭޓުންނަށްވެސް ބައިވެރިވެވޭ ގޮތަށް ބޭއްވޭ އިންތިހާބަކަށް ހެދުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ

މިއަދުގެ މިބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކުއާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އަލުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލް ޣަފޫރް ބައިވެރިވެވަޑައިގެންނެވިއެވެ

What do you think?

Name (required) :

Email (required) :

Website :