ކުރީގެ ފަރސްޓް ލޭޑީ ލައިލާ ޢަލީ އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް ޖޯން ކެރީއާއި ބައްދަލުކުރައްވައިފި

ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން އަލްފާޟިލާ ލައިލާ ޢަލީ އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް ޖޯން ކެރީއާއި ބުރާސްފަތި ދުވަހު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެވުމުގައި ރައީސް މުޙައްމަދު ނަޝީދު ބޭއިންސާފުން ޝަރީޢަތް ހިންގައި 13 އަހަރުގެ މުއްދަތަށް ޖަލަށްލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި އެމަނިކުފާނު މިނިވަން ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިއްސާ ކުރެއްވިއެވެ. ޖޯން ކެރީ މިއަންނަ ހަފްތާގެ... އިތުރަށް ވިދާޅުވޭ

President Nasheed Manhandled by Police at the Criminal Court

Photo Credit: Haveeru News Twitter & Minivan News President Nasheed Denied Legal Representation As Hearing Commences in Male’

ރައީސް ސިރިސެނާގެ އަރިހަށް ރައީސް ނަޝީދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި އިންތިޚާބުވެވަޑައިގެންނެވި ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނަގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ރައީސް މުޙައްމަދު ނަޝީދު ކުރައްވައިފިއެވެ. ލަންކާގެ ރައީސް ސިރިސޭނައައާ ރައީސް ނަޝީދު ބައްދަލުކޮށްލެއްވީ މިއަދު ހެނދުނު ސްރީލަންކާގެ ރައީސް އޮފީހުގައެވެ. ލަންކާގެ އިންތިޚާބު އަމާންކަމާ އެކު ބޭއްވި ސުލްޙަވެރިގޮތުގައި ސަރުކާރުގެ ހިންގުން ބަދަލުވެގެން ދިޔަކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ލަންކާގެ އާސަރުކާރަށް މަރުހަބާ... އިތުރަށް ވިދާޅުވޭ

ހުވަދޫ ރައްޔިތުންގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަލުން އަނބުރާ ކްރިމިނަލް ކޯޓަށް ފޮނުއްވުމަކީ ޤާނޫނީ ނިޒާމަށް އިޙްތިރާމް ނުކުރެއްވުން – ރައީސް ނަޝީދު

ހުވަދު އަތޮޅުގެ ގިނަ ރައްޔިތުންތަކެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ބާތިލް މައްސަލައެއްކަމަށް ނިންމަވާފައިވަނިކޮށް އަލުން އެ މައްސަލް އެކޯޓުގައި ކުރިއަށްގެންދިއުމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުށަހެޅުއްވުމަކީ ޤަނޫނީ ނިޒާމަށާއި ކޯޓުގެ ހުރުމަތަށް އިހްތިރާމް ނުކުރެއްވުން ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޓަރނޭޝަނަލް ޑިމޮކްރަޓް ޔޫނިޔަންގެ ޕާޓީތަކުގެ ލީޑަރުންގެ... އިތުރަށް ވިދާޅުވޭ

ސައުތު ކޮރެއާގެ ރައީސާ އާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި

އިންޓަރނޭޝަނަލް ޑެމޮކްރަޓް ޔޫނިއަންގެ 12 ވަނަ ޕާޓީ ލީޑަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ސައުތު ކޮރެއާގެ ސޯލްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސައުތު ކޮރެއާގެ ރައީސާ ހަރ އެކްސެލެންސީ މެޑަމް ޕަކް ގްން ހެ އާއި ބައްދަލުކުރައްވައިފިއެވެ. ރައީސް ނަޝީދުގެ މި ބައްދަލުކުރެއްވުން އޮތީ ސައުތުކޮރެއާގެ ރައީސް އޮފީހުގައި ބޭއްވެވި ޚާއްސަ ފަރިއްކޮޅަށްފަހުގައެވެ. މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ކަންކަމާގުޅޭ... އިތުރަށް ވިދާޅުވޭ

ޑރ.ސިލްވިއާ އަރލް މިޝަން ބްލޫ އެވޯޑާ ރައީސް މުޙައްމަދު ނަޝީދު ހަވާލުވެވަޑައިގަންނަވައިފި

ޑރ.ސިލްވިއާ އަރލް މިޝަން ބްލޫ އެވޯޑާ ރައީސް މުޙައްމަދު ނަޝީދު ހަވާލުވެވަޑައިގަންނަވައިފިއެވެ. އެެމެރިކާގެ ފްލޮރިޑގައި ކުރިއަށްދާ ބްލޫ އޯޝަންސް ފިލްމް ފެސްޓިވަލް އެންޑް ކޮންސަަރވޭޝަން ސަމިޓުގައި ރައީސް ނަޝީދާ މި އެވޯޑް ހަވާލުކޮށްދެއްވީ މިޝަން ބްލޫގެ ފައުނޑަރ އަދި ކޯ ޗެއަރ ޑރ. ސިލްވިއާ އަރލްއެވެ. ރައީސް ނަޝީދަށް މިޝަން ބްލޫގެ ފަރާތުން އެރުއްވި މި އެވޯޑަކީ އެމަނިކުފާނު ތިމާވެށި ހިމަޔަތްކުރެއްވުަމަށާއި... އިތުރަށް ވިދާޅުވޭ