ރައީސް މުހައްމަދު ނަޝީދު ގެ އުމުރާ ދަތުރުފުޅަށް ބައެއް ސިޔާސީ ފަރާތްތަކުން ހުރަސް އަޅަން މަސައްކަތްކުރާ ވާހަކަ އިވި އެކަމާ ހިތާމަ ފާޅު ކުރައްވާ އެފަދަ ނޭއްގާނި އަމަލު ހުއްޓާލުމަށް އިލްތިމާސް ކުރައްވައިފި

ރައީސް މުހައްމަދު ނަޝީދު ރާއްޖޭން ބޭރަށް މިހާރު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ރާއްޖޭއަށް ކަނޑައަޅާފައިވާ ބޭރުގެ ސަފީރުންނާއި އެކި އެކި ޑިޕްލޮމެޓުންނާއި ބައްދަލު ކުރެއްވިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބާރު އަޅައިދިނުމަށާއި އަދި އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރުމުން ވެރިކަން ހަވާލު ކުރުމުގެ ކަންތައް ސުލްހަވެރި ކަމާއިއެކު ގެންދެވޭނެ އިންތިޒާމުތަކެއް ހަނމަޖެއްސުމަށް ބާރު އަޅައިދިނުމަށް ރައީސް ނަޝީދް އެދިވަޑައިގެންނެވިއެވެ.

“ރައިސް ނަޝީދުގެ ގެ ސައޫދީ ދަތުރުފުޅުގެ އުމްރާ ވިސާ ފޯމަލިޓީސް ސައުދީ ރޯޔަލް ޕްރޮޓޮކޯލްގެ ތެރެއިން ދުވަސް ކޮޅެއް ނަގާނެ ކަމަށްވަނީ. ވިސާ ފޯމަލިޓީސް ހަނމަޖެހުނުހާ އަވަހަކަށް ރައިސްގެ ސައުދީ ދަތުރުފުޅު ކުރިޔަށް ގެންދަވާ ގޮތަށް ވަނީ ހަނމަޖެހިފަ” ރައީސް ނަޝީދުގެ ތަރުޖަމާން މައްޗަންގޯޅީ އުތުރު ދާއިރާގެ އިއްޒަތްތެރި މެމްމަބަރު މާރިޔާ ދީދީ ވިދާޅުވިއެވެ.

“ރައީސްގެ އުމްރާ ދަތުރުފުޅަށް ހުރަސްއެޅޭތޯ ބައެއް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރާ ވާހަކަތައް އިވެމުންދާތީ އެކަމާ ރައީސް ވަރަށް ހިތާމަ ކުރައްވާ. އެއް މުސްލިމަކު އަނެއް މުސްލިމެއްގެ އަޅުކަމަށް ހުރަސް އަޅަން މަސައްކަތް ކުރުމީ އެއްގޮތަކަށްވެސް ކޮށްގެން ވަނޭ ކަމެއްނޫން. އަދި މިފަދަ ގޯނާކުރުން ހުއްޓާލުމަށް އަޅުގަޑުމެން އިލްތިމާސް ކުރަން.” މާރިޔާ ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :