ރައީސް ނަޝީދުގެ މައްސަލައިގައި ޕީޖީ، އަދި މައްސަލަ ބައްލަވާ 2 ފަނޑިޔާރުން ވަނީ ހެކި ބަސް ދެއްވާފައި.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޕްރޮސިކިޔުޓަރ ޖެނެރަލް ހުށަހަޅުއްވާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ 3 ފަނޑިޔާރުންގެ ތެރެއިން އަލްއުސްތާޛް އަބްދުﷲ ދީދީ އާއި އަލްއުސްތާޛް ޢަބްދުލްބާރީ ޔޫސުފް އާއި އަދި މައްސަލަ ހުށަހެޅުއްވި މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރެލް އަލްއުސްތާޛް މުހުތާޒް މުހުސިން ވަނީ މައްސަލައިގެ ތަޙްޤީޤްގައި ވަނީ ބަޔާން ދެއްވާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރެލް ހުށަހެޅުއްވި މައްސަލައިގެ ލިޔެކިޔުންތަކުގައި މަތީގައި ދެންނެވުނު 3 ބޭފުޅުންގެ ބަޔާންތައް ހިމެނެއެވެ. އެހެންކަމުން ޕްރޮސެކިއުޓަރ ޖެނެރެލްއަށް މިމައްސަލަ ހުށަހެޅުއްވައި ކްރިމިނަލް ކޯޓުން މައްސަލަ ބަލައިގަތުމަކީ ސީދާ ސިޔާސީ މަޤްޞަދެއް ޙާސިލް ކުރުމަށް ކަމުގައި ދެކެމެވެ.

ބައިނަލްއަޤްވާމީ ހަމަތަކާއި އިސްލާމީ ޝަރީޢަތުގެ އުސޫލުތަކަށް ބަލައި ހެކިބަސްދޭ ފަރާތަށް މައްސަލަ ފައިސަލާ ކުރުމުގެ ބާރާއި އިޚްތިޔާރު ލިބިގެން ނުވާ ކަމުގައިވެސް ދަންނަވަމެވެ.

ސިޔާސީ މަޤްޞަދެއް ޙާސިލް ކުރުމަށް ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިމިވާ މައްސަލަ މިހާރުން މިހާރަށް އަނބުރާ ގެންދަވައި ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ގޮތަށް ކޯޓުތަކުން އަދި ޕްރޮސެކިއުޓާރ ޖެނެރެލް މަސައްކަތް ކުރެއްވުމަށް ގޮވާލަމެވެ.

What do you think?

Name (required) :

Email (required) :

Website :