ރައީސް ނަޝީދު ރ. އަތޮޅު ދުވާފަރު، އިންނަމާދޫ، ރަސްމާދޫ އަދި މީދުއަށް ވަޑައިގެންފި

ރައީސް ނަޝީދު މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުފުޅުގައި މިއަދުން އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ. ދުވާފަރަށެވެ. ރ. ދުވާފަރަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން ދުވާފަރުގެ ރައްޔިތުން ވަނީ ރައީސް ނަޝީދުއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސް ނަޝީދު ދުވާފަރަށް ވަޑައިގެން ދުވާފަރުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވިއެވެ. މި ބައްދަލު ކުރެއްވުމުގައި އެމްޑީޕީ ސަރުކާރުން މިހާރު ރައްޔިތުންނަށް ހުށަހަޅާދެމުން ގެންދާ ސިޔާސަތު ތަކާއި ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދެއްވިއެވެ. އަދި އެމްޑީޕީ ސަރުކާރުގެ 3 އަހރު ދުވަހުގެ ތެރޭގައި ތަޢާރަފްކޮށް ޤާއިމް ކުރެވުނު އިޖުތިމާޢީ ރައްކާތެރި ކަމުގެ ސިޔާސަތުތަކާ ބެހޭ މަޢުލުމާތުވެސް ރައްޔިތުންނާއި ހިއްސާ ކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ނިކުތީ ތަރައްޤީގެ ސިޔާސަތު ހިފައިގެން ކަމަށާއި އެމްޑީޕީގެ އަމާޒަކީ ދުވާފަރުގެވެސް އަދި ރާއްޖޭގެވެސް ހުރިހާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދާދިނުން ކަމަށެވެ. އަދި ދުވާފަރުގައިވެސް ގެސްޓް ހައުސް ވިޔަފާރި ތަރައްޤީ ކުރެވިގެންދާނެ ކަމަށާއި ދުވާފަރުގެ ރައްޔިތުންނަށްވެސް އާމަދަނީ ހޯދޭނެ މަގުތަނަވަސް ވެގެން ދިއުމަކީ އެމްޑީޕީގެ އަމާޒުކަމުގައި ވިދާޅުވިއެވެ.

ދުވާފަރުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްފަހު ދުވާފަރުގައި އެމްޑީޕީގެ ދާއިރާ އޮފީހެއް ހުޅުއްވައިދެއްވިއެވެ. އެއަށްފަހު ދުވާފަރުގައި ކުރިއަށްދާ އެމްޑީޕީ ދޭތިންފަހެތި ކެންޕޭން ޓީމާ ބައްދަލުކޮށް މިހާރު މަސައްކަތް ގޮސްފައިވާ ހިސާބު އޮޅުންފިލުއްވައި އެމަސައްކަތުގައި އިތުރަށް ކުރިއަށް ދިއުމަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރެއްވިއެވެ.

ރައީސް ނަޝީދު ރ. ދުވާފަރަށް ފަހުގައި ދެން ވަޑައިގެންނެވީ ރ. އިންނަމާދޫއަށެވެ. އިންނަމާދޫ އަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން އިންނަމާދޫގެ ރައްޔިތުން ވަނީ ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސް ނަޝީދު އިންނަމާދޫއަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ ހަރުގެއެއް ހުޅުއްވައިދެއްވިއެވެ. އެއަށްފަހު އިންނަމާދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ އެމްޑީޕީ ސަރުކާރުން މިހާރު ރައްޔިތުންނަށް ހުށަހަޅާދެމުން ގެންދާ ސިޔާސަތު ތަކާއި ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދެއްވިއެވެ. އަދި އެމްޑީޕީ ސަރުކާރުގެ 3 އަހރު ދުވަހުގެ ތެރޭގައި ތަޢާރަފްކޮށް ޤާއިމް ކުރެވުނު އިޖުތިމާޢީ ރައްކާތެރި ކަމުގެ ސިޔާސަތުތަކާ ބެހޭ މަޢުލުމާތުވެސް ރައްޔިތުންނާއި ހިއްސާ ކުރެއްވިއެވެ.

ރައީސް ނަޝީދު މިއަދު ދެން ވަޑައިގެންނެވީ ރ. ރަސްމާދޫ އަށެވެ. ރަސްމާދޫ އަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން ރަސްމާދޫގެ ރައްޔިތުން ވަނީ ރައީސް ނަޝީދުއަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

ރައީސް ނަޝީދު ރަސްމާދޫ އަށް ވަޑައިގެން ރަސްމާދޫގެ ރައްޔިތުންނާއި ބައްދަލު ކުރެއްވިއެވެ. މި ބައްދަލު ކުރެއްވުމުގައި އެމްޑީޕީ ސަރުކާރުން މިހާރު ރައްޔިތުންނަށް ހުށަހަޅާދެމުން ގެންދާ ސިޔާސަތު ތަކާއި ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދެއްވިއެވެ. އަދި އެމްޑީޕީ ސަރުކާރުގެ 3 އަހރު ދުވަހުގެ ތެރޭގައި ތަޢާރަފްކޮށް ޤާއިމް ކުރެވުނު އިޖުތިމާޢީ ރައްކާތެރި ކަމުގެ ސިޔާސަތުތަކާ ބެހޭ މަޢުލޫމާތުވެސް ރައްޔިތުންނާއި ހިއްސާ ކުރެއްވިއެވެ.

ރައީސް ނަޝީދު ރަސްމާދޫއަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ ދިދަ ނަންގަވައި ދެއްވާ، އެއަށްފަހު ރަސްމާދޫގައި ކުރިއަށްދާ އެމްޑީޕީ ދޭތިންފަހެތި ކެންޕޭން ދޮރުން ދޮރަށް ހިނގާ ޓީމާ ބައްދަލުކޮށް ކުރެއްވިއެވެ. އަދި މިހާރު މަސައްކަތް ގޮސްފައިވާ ހިސާބު އޮޅުންފިލުއްވައި އެމަސައްކަތުގައި އިތުރަށް ކުރިއަށް ދިއުމަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރެއްވިއެވެ.

ރައީސް ނަޝީދު ރަސްމާދޫ އިން ދެން ވަޑައިގެންނެވީ ރ. މީދޫއަށްވެ. ރައީސް ނަޝީދު ރ. މީދޫއަށް ވަޑައިގަތުމުން މީދުގެ ރައްޔިތުން ވަނީ ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

ރ. މީދޫއަށް އަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ އެމްޑީޕީ ސަރުކާރުން މިހާރު ރައްޔިތުންނަށް ހުށަހަޅާދެމުން ގެންދާ ސިޔާސަތު ތަކާއި ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދެއްވިއެވެ. އަދި އެމްޑީޕީ ސަރުކާރުގެ 3 އަހރު ދުވަހުގެ ތެރޭގައި ތަޢާރަފްކޮށް ޤާއިމް ކުރެވުނު އިޖުތިމާޢީ ރައްކާތެރި ކަމުގެ ސިޔާސަތުތަކާ ބެހޭ މަޢުލުމާތުވެސް ރައްޔިތުންނާއި ހިއްސާ ކުރެއްވިއެވެ.

ރައީސް ނަޝީދުގެ މީދޫއަށް ކުރެއްވި ޒިޔާރަތުގައި މީދޫގެ ޒުވާނުންނާ ބައްދަލު ކުރެއްވިއެވެ. އަދި މީދޫއިން އަލަށް އެމްޑީޕީއާއި ގުޅި ވަޑައިގަތް ފަރާތްތަކުގެ މެންބަރޝިޕް ފޯމުގައި ސޮއިކުރެއްވިއެވެ.

ރައީސް ނަޝީދު ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ އެނބުރި މާލެ ވަޑައިގަންނަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :