ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ)އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙްކޮށްދެއްވުމަށް، އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފިއެވެ
“ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން”ސިއްހަތާގުޅޭ އެމްޑީޕީގެ ސިޔާސަތު ރައީސް ނަޝީދު އައްޑޫ ސިޓިގެ ހިތަދޫގަ އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. ހިތަދޫގައި މިއަދު ރައީސް ނަޝީދު ފައްޓަވައިދެއްވާ މި ޙަފްލާއާ އެކުއެކީ ރާއްޖޭގެ އެހެން 20 ސަރަޙައްދެއްގައި މި ސިޔާސަތު އިފްތިތާޙް ކުރެވިގެންދާނެއެވެ
“ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން” ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާހް ކުރާ ޙަފްލާއަށް އަތޮޅުތަކުގެ އެންމެހާ ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ސިޔާސަތު އިފްތިތާޙް ކުރާ ރަށުގަ ބާއްވާ ޙަފްލާއަށް ރައީސް ނަޝީދު ވަނީ ދަޢުވަތު އަރުވާފައެވެ