ކޮޅުމަޑުލާއި ހުވަދު އަތޮޅުގެ 13 ރަށަކަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވައިފި.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލާއި ހުވަދު އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެއަށް މިއަދު އެނބުރި ވަޑައިގަންނަވައިފިއެވެ.

މިދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ ކޮޅުމަޑުލު ބުރުނި، ގުރައިދޫ، ވިލުފުށި، ދިޔަމިގިލި، މަޑިފުށި، ގާދިއްފުށި، ވަނދޫ، ހިރިލަންދޫ، ކަނޑޫދޫ، ވޭމަންޑޫ، އޮމަޑޫއަށެވެ. އަދި ބުރުނި، މަޑިފުށި، ދިޔަމިގިލި، ވަންދޫ، ހިރިލަންދޫގައި ވަނީ އެމްޑީޕީގެ ކެމްޕެއިން ޙަރަކާތްތައް ހިންގުމަށް ޖަގަހަތައް ހުޅުއްވައިދެއްވިއެވެ. މީގެ އިތުރުން ވިލުފުށި އަދި ކަނޑޫދޫގައި އެމްޑީޕީގެ އެއްބުރުން ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅުދެއްކެވިއެވެ.

ކޮޅުމަޑުލަށް ކުރެއްވި ދަތުރުފުޅު ނިންމަވަައިލެއްވުމަށްފަހު ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ހުވަދުއަތޮޅު މާމެންދޫއަށާއި ވިލިގިއްޔަށެވެ. އަދި ވިލީގައި އެމްޑީޕީގެ އެއްބުރުން ކެމްޕެެއިން ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅުދެއްކެވިއެވެ.

ކޮންމެ ރަށކަުންވެސް ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އަދި ކޮންމެ ރަށެއްގައިވެސް އެެމްޑީޕީގެ ކެމްޕެއިން ވޮލަންޓިއަރުންނާއި ރައީސް ނަޝީދު ބައްދަލުކުރެއްވިއެވެ. އަދި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ދޮރުންދޮރަށް ހިންގަވައި އެމްޑީޕީގެ ސިޔާސަތުތަކާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

What do you think?

Name (required) :

Email (required) :

Website :