ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ތިމަރަފުށްޓަށާއި މަޑިފުށްޓަށް ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ތިމަރަފުށްޓަށާއި މަޑިފުށްޓަށް މިއަދު މެންދުރު ފުރާވަޑައިގެންފިއެވެ. ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވުމަށް ހަޖަޖެހިފައިވަނީ ތިމަރަފުށްޓަށެވެ. އަދި އެއަށްފަހު ހޮނިހިރުދުވަހު މަޑިފުށްޓަށް ވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅަކީ އެމްޑީޕީގެ ރިޔާސީ ކެމްޕޭންގެ ތެރެއިން އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި އެމްޑީޕީގެ ކެމްޕޭންގައި ޙަރަކާތްރިވާ ވޮލަންޓިއަރުންނާއި ބައްދަލުކުރައްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމްޑީޕީން ރައްޔިތުންނަށް ހުށައަޅާ ސިޔާސަތުތައް ރައީސް ނަޝީދު އޮޅުންފިލުއްވައި ރައްޔިތުންނާއި މަޝްވަރާކުރެއްވުމަށް ދޮރުން ދޮރަށް ހިންގަވާނެއެވެ. އަދި ތިމަރަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި ރައީސް ނަޝީދު މިރޭ ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ހޮނިހިރު ދުވަހުގެރޭ މަޑިފުށީގައި އޮންނަ އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައިވެސް އެމަނިކްފާން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދު ކޮޅުމަޑުލުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑަގަންނަވާނީ އާދީއްތަދުވަހުއެވެ.

What do you think?

Name (required) :

Email (required) :

Website :