އެމްޑީޕީއަށް 8 އަހަރު ފުރުން ފާހަގަ ކުރުން

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމަކީ ރައްޔިތުންގެ ތަރައްޤީއަށް ބިނާކުރެވުނު އެންމެ މުހިންމު ވަސީލަތަށް 8 އަހަރު ފުރުނު ދުވަސްކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ އެމްޑީޕީއަށް 8 އަހަރުފުރުމުގެ މުނާސަބަތުގައި މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ޕެރޭޑު އުސްފަސްގަނޑަށް ނިންމާލުމަށްފަހު، އެތަނުގައި ޕެރޭޑުގެ ބައިވެރިންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވައެވެ.

އަޅުގަނޑުމެންގެ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދެން އަންނަނީ “އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދާ އަޅުގަނޑުމެންގެ ބިރުފަހަނައަޅާ ގޮސްގެން”ކަމާއި، “ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީއަކީ ދިވެހި ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ޕާޓީއެއް”ކަން ފާހަގަކުރައްވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ މިވަގުތު އެމްޑީޕީ ޙަރަކާތްތެރިވާންޖެހެނީ ރައްޔިތުންނާ އެކީގައި ރަށުތެރޭގައްޔާއި، ގޭގޭތެރޭގައްޔާއި ޖަގަހަތަކުގައިކަމަށް ވުމާއެކު، އުސްފަސްގަނޑު ހުސްކޮށްދެއްވުމަށް ޤައުމީ މަޖިލީހުގައި އެދިވަޑައިންނަވާކަމަށެވެ.

އިރާދަކުރެއްވިއްޔާ އެމްޑީޕީއަށް އެއްބުރުން މިއިންތިޚާބު ކާމިޔާބުވެއްޖެކަމުގެ އެންމެ ފަހުގެ ފުރިހަމަ ދަލީލަކީ މިބޮޑު ބިޔަ ޕެރޭޑުކަމަށާއި، “ހިންދުމިމާ ކަނޑުގެ ތެރޭގައި މިވާ ދިވެހިން” ތަރައްޤީ ނޫން އެހެންގޮތެއް ނޭދޭކަމާއި، ދިވެހިން އެދެމުންދަނީ ޢާންމު ޙާލަތު ރަނގަޅުވެ، ބޭސްފަރުވާއާއި، ތަޢުލީމާއި، ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެ ރަނގަޅުވެގެން ދިއުންކަން ހާމަވާންއޮތްކަމަށްވެސް އެތައް ހާސްބަޔަކު ބައިވެރިވި އެމްޑީޕީގެ އަހަރީ ދުވަހުގެ ޕެރޭޑުގެ ބައިވެރިންނާ މުޚާތަބުކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :