ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫއަށާއި ތުޅާދޫއަށް މިއަދު ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫއަށާއި ތުޅާދޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ. ރައީސް ނަޝީދު ކެންދުއަށް ވަޑައިގެންނެވުމުން އެމަނިކްފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ކެންދޫގައި ރައީސް ނަޝީދު ވަނީ އެރަށުގައި އެމްޑީޕީގެ ކެންދޫ ޖަގަހަ ހުޅުއްވައިދެއްވިއެވެ. އަދި ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. ކެންދޫގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 2012 ވަނަ އަހަރު ފާސްކުރެވުނު ބަޖެޓްގައި ބ. ކެންދޫ ބަނދަރާއި ނަރުދަމާ ހިމެނުނުކަމަށާއި އެކަންކަން ހުއްޓުނީ ބަގާވާތާއި ގުޅިގެން ކަމުގައެވެ. އަދި އެމްޑީޕީން ވައުދުވަނީ އެމްޑީޕީ ސަރުކާރުގައި ބ. ކެންދޫ ބަނދަރާއި ނަރުދަމާ އެޅޭނެކަމުގައި ވިދާޅުވިއެވެ. ދަރަވަންދޫ އެއަރޕޯޓާއި ގުޅިގެން ކެންދޫގައިވެސް ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ފަސޭހަވެގެންދާނެކަމުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކެންދޫގައި އޭލެވެލް ހަދާ ހުރިހާ ކުދިންނަށް ޔުނިވަރސިޓީއަށް ދިއުމުގެ ފުރުޞަތު ލިބިގެންދާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީ ސަރުކާރެއްގައި ކެންދޫގައި ފެރީޓާރމިނަލެއްވެސް ބިނާކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.

ކެންދޫގެ އަންހެނުންގެ ކޮމިޓީއާއި އަދި ކެންދޫގެ އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންނާ ރައީސް ނަޝީދު ބައްދަލުކުރެއްވިއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ދޮރުން ދޮރަށް ހިންގެވިއެވެ. ކެންދޫއަށްފަހު ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ބ.ތުޅާދޫއަށެވެ. އެރަށުން ރައީސް ނަޝީދަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. ތުޅާދޫގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެއްބުރުން ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :