އެމްޑީޕީ މެލޭޝީޔާ ބޮޑު ރޯދަ ވީއްލުމުގައި ރައީސް މުޙައްމަދު ނަޝީދު ބައިވެރވެވަޑައިގަންނަވައިފި

އެމްޑީޕީ މެލޭޝީޔާ ބޮޑު ރޯދަ ވީއްލުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު ބައިވެރވެވަޑައިގަންނަވައިފިއެވެ. އެމްޑީޕީގެ ފަރާތުން މިއަދު ކުއަލަލަމްޕޫރުގެ JW Marriot ހޮޓަލުގައި ބޭއްވި ރޯދަ ވީއްލުމުގައި ރައީސް ނަޝީދަށާއި އެމްޑީޕީއަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ.

ރަައީސް ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އޮނަރަބްލް އަބްދުﷲ ޝާހިދާއި އެމްޑީޕީ ޕާރލިމެންޓަރީ ގްރޫޕްގެ ރައީސް އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއި އިބްރާހީމް ހުސެން ޒަކީއާއި ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މާރިޔާ ދީދީއާއި، ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަހުމަދު ސަމީރާއި، ރައްޔިތުންގެ މަޖިލިހުގެ މަޑަވެލި ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުހައްމަދު ނާޒިމާއި އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލާއި ޤައުމީ މަޖިލިހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

What do you think?

Name (required) :

Email (required) :

Website :